މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ މުވައްޒަފުން ލޭ ހަދިޔާކޮށްފިއެވެ.
އެ ކުންފުނިން ބުނީ މިއަދު ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކޭމްޕަކީ އެ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލި ކޭމްޕެއް ކަމަށެވެ.
އެގޮތުން މި ކޭމްޕުގައި މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އޭގެ ތެރޭގައި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އާއި ޑީއެމްޑީ މުހައްމަދު ޖަމްޝީދު ވެސް ލޭ ހަދިޔާކުރެއްވިއެވެ.
އެމްޓީސީސީން ބުނީ ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު