ބޮލީވުޑްގެ ތަރި ވަރުން ދަވަންގެ ކުރިއަށް އޮތް ފިލްމު "ބޭބީ ޖޯން" ގައި ސަލްމާނު ޚާންގެ ހާއްސަ ފެނިލުމެއް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އީޓައިމްސް ގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި "ބޭބީ ޖޯން" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު އެޓްލީ މިކަމަށް އިޝާރާތްކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ފިލްމުގައި ކެމިއޯއެއް ހިމެނުމާ ބެހޭ ގޮތުން ވަރުންއާ މަޝްވަރާ ކުރުމުން ސަލްމާނުގެ ކެމިއޯއެއް ހިމެނުމަށް އޭނާ ލަފާދިން ކަމަށެވެ.
އަދި އެކަމާ މަޝްވަރާ ކުރުމަށްފަހު ވަރުން ސަލްމާނުގެ ގެއަށް ގޮސް އެވާހަކަ ދެއްކުމުން ސަލްމާނު އެ ރޯލަށް އާނ ބަސް ބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ. މިހާރު މި ކެމިއޯ ޝޫޓު ކޮށް ނިމިފައިވާއިރު، 5 ވަރަކަށް މިނެޓު ތެރޭގައި އެ ކެމިއޯ ޝޫޓު ކޮށް ނިމުނުކަމަށްވެސް އެޓްލީ ވަނީ އިންޓަވިއުގައި ބުނެފައެވެ.
އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ "ބޭބީ ޖޯން" ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރު ޑިސެމްބަރު މަހުގެ 25 ގައެވެ. އަދި މި ފިލްމުގެ ސީކުއެލް އެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް އީޓައިމްސްގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު