އައްލޫ އަރުޖުންގެ ފިލްމު "ޕުޝްޕާ 2" އޮންލައިނުކޮށް ސްޓްރީމު ކުރާނީ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމު ނެޓްފްލިކްސް އިން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ފިލްމު ނެރުނީއްސުރެ އެތައް ބަޔަކު ދަނީ މި ފިލްމު އޮންލައިނުކޮށް ސްޓްރީމު ކުރަން ފަށާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އިންޑިއާގެ އީޓައިމްސް ރިޕޯޓުގައި ބުނެފައިވަނީ އޮންލަައިނުކޮށް މި ފިލްމު ސްޓްރީމު ކުރާނީ އެތައް ބަޔަކުން ބޭނުން ކުރާ ޕްލެޓްފޯމު ނެޓްފްލިކްސް އިން ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ނެޓްފްލިކްސް އިން މި ފިލްމުގެ ސްޓްރީމިން ރައިޓުތައް ގަނެފައިވަނީ 275 ކަރޯރު އިންޑިއަން ރުޕީސް އަށެވެ. ނެޓްފްލިކްސް އިން އަދި މި ފިލްމު ސްޓްރީމު ކުރަން ފަށާ ދުވަހެއް ހާމަ ކޮށްފައެއް ނުވެއެވެ.
އާންމު ގޮތެއްގައި މިފަދަ ފިލްމުތައް އޮންލައިނުކޮށް ސްޓްރީމު ކުރަން ފަށަނީ ތިއޭޓަރުތަކުގައި ނެރޭތާ 6-8 ހަފްތާ ފަހުންނެވެ. އެހެންކަމުން ރިޕޯޓުތައް ބުނާ ގޮތުގައި "ޕުޝްޕާ 2" ނެޓްފްލިކްސް އިން ސްޓްރީމު ކުރަން ފަށާނެ ކަމަށް ލަފާ ކުރެވެނީ 2025 ގެ ފެބްރުއަރީ މަހުގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ބަހުރުވައިން ނެރުނު މި ފިލްމަށް ވަނީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނު އާމްދަނީ އަށް ބަލާއިރު 13 ދުވަސް ތެރޭގައި އިންޑިއާއިން މި ފިލްމަށް 953.3 ކަރޯރު ރުޕީސްގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު