މާލޭގެ މަގުމަތީގައި އާންމުންނަށް ތަކުރާރުކޮށް އުނދަގޫ ކުރަމުންދިޔަ މީހެއްގެ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު، ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ލިބުމާ ގުޅިގެން ނިންމާލައިފި އެވެ.
ސައީދު މިޙަރަކާތް ފެށީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި އުޅޭ މީހަކު، އެ ސަރަހައްދުގެ އާއިލާތަކަށާއި އަވަށްޓެރިންނަށް ތަފާތު އެކި އުނދަގޫތައް ކުރަމުންދިޔަ މައްސަލަ ފުލުހުންނަށާއި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ވެސް ދާއިމީ ހައްލެއް ނުލިބުމާ ގުޅިގެންނެވެ. ސައީދު ވިދާޅުވީ، މަގު ހިނގާ މީހުންނަށް ހަޑިހުތުރު ބަހުން ހަޅޭއްލެވުމާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހުރަސްއެޅުމުގެ އިތުރުން ގެތަކަށް ކުނިއެޅުން ފަދަ އެތައް އުނދަގުލެއް އެމީހާ ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އިހުތިޖާޖު ކުރުމުގެ ގޮތުން، ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރުކަން ވެސް ކުރައްވާ ސައީދު އިއްޔެ ހެނދުނު މަޖީދީމަގު، ފުލުހުންގެ އިދާރާ ކުރިމަތީގެ ދުވާރުމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެއްޓެވި އެވެ. ސައީދުގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން އިއްޔެ "އާއްމު އުނދަގޫ ކުރަމުންދިޔަ މީހާ" ހައްޔަރުކުރި ނަމަވެސް، މައްސަލައަށް ދާއިމީ ހައްލެއް ކަށަވަރުނުވާތީ ސައީދު ވަނީ ހަޅުތާލު ކުރިއަށް ގެންގޮސް، ދުވާރުމަތީގައި ގިނަ ވަގުތުތަކެއް ހޭދަކުރަށްވާފައެވެ.
ނަމަވެސް، 35 ގަޑިއިރަށް ފަހު ހަޅުތާލު ނިންމަވާލެއްވިކަން އިޢުލާން ކުރަށްވަމުން، ސައީދު ވަނީ ބަތްތައްޓެއް ފަރިއްކުޅުއްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަށްވާފައެވެ.
ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، 35 ގަޑިއިރަށް ފަހު ހަޅުތާލު ނިންމާލީ މި މައްސަލައިގައި ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ދެއްވާފައިވާތީ ކަމަށެވެ.
"ހޯމް މިނިސްޓަރު އަލީ އިހުސާން އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދަށް ޝުކުރު އަދާކުރަން. މި ވެވަޑައިގެންނެވި ވައުދުތަކަށް ފުރިހަމައަށް އަމަލީ ސިފައެއް އަންނަކަން ކަށަވަރުކުރުމަށް އަހަރެން މިކަންކަން ފާރަވެރިކަމާ އެކު ބަލަމުންދާނަން." ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން، މި ހަޅުތާލުގެ ވަގުތުތަކުގައި ސާބިތުކަމާ އެކު އަރިހުގައި ތިބި އާއިލާގެ މެންބަރުންނަށާއި، މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އެހީތެރިވެދިން މީޑިއާތަކަށާއި ސޯޝަލް މީޑިއާގެ ހުރިހާ ފަރާތްތަކަށް ވެސް ސައީދު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަށްވާފައެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު، ސައީދު މި ހަޅުތާލު ކުރަމުންދިޔަ ސަރަހައްދަށް މިނިސްޓަރު އިހުސާން ވަޑައިގެން އޭނާއާ ބައްދަލުކުރެއްވި ފޮޓޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު