ދިވެހި ލޭ ހިނގަނީ އެމަނިކުފާނުގެ ގައިކޮޅުގައި އެކަނި ކަމަށް ދައްކަވައިގެން ވެރިކަމަށް ވަޑައިގެން، ގައުމުގެ ބިންތައް ވިއްކާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، އަނިޔާވެރި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ސަރުކާރުން ނިންމާފައި ވަނީ އެއްވެސް ވަރަކަށް ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ. އަދި އެފަދަ ބޮޑު މަޝްރޫއެއް ހިންގަން ޖެހޭނީ ރައްޔިތުންނަށް ކަންކަން ވަރަށް ބޮޑަށް އޮޅުންފިލުވައިދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި އީގަލް ހިލްސްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ތާއީދުކުރަށްވާކަން މިރޭ ވެސް ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ މި ނިންމުމުން ފެންނަނީ މުނާފިގުކަން ކަމަށެވެ.
"މުނާފިގުކަން އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން، ކުރާނެކަމެއް ކުރަންޏާ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ، ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައްޔިތުންގެ ގާތުގައި ތިމަންނާ ވެރިކަމަށް މި އަންނަނީ ދިދަޔަށް ބޮސްދޭށޭ، ގައުމިއްޔަތަށޭ، ކާންދޭނީ ވެސް ގައުމިއްޔަތޭ ދެން އެހެން ކިޔާފައި ވަޑައިގެނެއް ގައުމު ވިއްކައެއް ނުލެވޭނެ." ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ދުވަހު ގައުމީ ދިދައާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ސަރުކާރުން ކުރަމުންދާ ކަންކަމުގައި ދެފުށް ފެންނަ އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި، ރަސްމާލެ މަޝްރޫއުގެ ކޮންޓްރެކްޓަކީ ކޮބައިކަމާއި ވެގެންދާ ގޮތެއް ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ކަންކަން ކުރީ ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދީގެން ކަމުގައި ވިޔަސް، މި ސަރުކާރުން ރަސްމާލެ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ހާމަނުކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ އިގްތިސާދު ދުވަހެއް ދުވަހަކަށް ދަނީ ބޮއްސުންލައި ހަލާކުވަމުން ކަމަށެވެ. ޚާއްސަކޮށް ޑޮލަރުގެ އަގު ކަޅުބާޒާރުގައި 22.50 ރުފިޔާގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ވަރަށް ބޮޑަށް ތާށިވެފައިވާ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން މުދާ އެތެރެކުރުމަށާއި ޔޫޓިލިޓީސް ބިލްތައް ދެއްކުމުގައި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ވިޔަފާރިތަކުގެ ފައިދާ އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބޭރުގެ ދަރަނި އަދާކުރުމުގައި ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، ދަރަނި ދައްކަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި، ދައުލަތުގައި ހުރި ހުރިހާ ޑޮލަރެއް އެއްފަހަރާ ހުސްކޮށްލައިގެން ކަމަށާއި، އޭގެ ސަބަބުން ގައުމުގައި ޑޮލަރު އެއްގޮތަކަށް ވެސް ނެތް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރު ހޯދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ފުރަތަމަ އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު، ދެން 20 ޕަސެންޓް އަދި ފަހުން 40 ޕަސެންޓް މާރުކުރަން އުޅެ އެކަން ނުވުމުން، ބޭރުގެ ޓުއާ އޮޕަރޭޓަރުން ލައްވާ ޖީއެސްޓީ ދައްކުވަން އުޅުމުން ވެސް އެއްވެސް ފައިސާއެއް ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ވަރުގަދަކުރުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެނިހެން މާލީ އިދާރާތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ފޫބައްދަން ވާލްޑް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު