ރާއްޖޭގައި މިވަގުތު ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިޒްރޭލާއި ޔަހޫދީންނާ އެންމެ ދެކޮޅު ރައީސް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސައުދުﷲ ހިލްމީ ވިދާޅުވީ، އިޒްރޭލާއި ރައީސް މުއިއްޒާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ހަމައެއާއެކު، އިދިކޮޅު ފަރާތްތަކުން އީގަލް ހިލްސް މަޝްރޫޢާ ގުޅުވައިގެން ދައްކާ ވާހަކަތަކުގައިވެސް އަސްލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދު މިއަދު ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ކެރިވަޑައިގަތީ ހަމައެކަނި މިހާރުގެ ރައީސަށް ކަމަށެވެ.
"ރާއްޖެއަކަށް އިސްރާއީލް ޕާސްޕޯޓުގައި ނާދެވޭނެ. އިސްރާއީލް ޕާސްޕޯޓުގައި މީހުން މި ރާއްޖެއަށް އައުން މަނާކުރަން ކެރުނީ މިހާރު މި ހުންނެވި އިއްޒަތްތެރި ރައީސްއަށް. އެހެންވީމާ، އެކަމާ ދޭތެރޭގައި އެ މަނިކުފާނާއި އިސްރާއީލާއި ޔަހޫދީންނާ ގުޅުވައިގެން މި ދައްކާ ވާހަކައަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫން. ހަމަ ސީދާ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގުހަދަމުންދަނީ. މި ރާއްޖޭގައި މިވަގުތު ހުންނެވި ރައީސަކީ އިޒްރޭލާއި ޔަހޫދީންނާ އެންމެ ދެކޮޅު މި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް." ސައުދު ވިދާޅުވިއެވެ.
އޭގެއިތުރުން ސައުދު ވިދާޅުވީ، ރައީސްއާ އިސްރާއީލާއި ޔަހޫދީންނާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ސީދާ ރޯ ބުހުތާނު ދޮގެއް ކަމަށެވެ.
ސައުދު މިހެން ވިދާޅުވެފައިވާއިރު، ރަސްމާލޭ މަޝްރޫޢު ހިންގާ "އީގަލް ހިލްސް" އަކީ ދީނީ އަދި އަހުލާގީ ގޮތުން ފުނޑުފުނޑުވެފައިވާ، ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ސަރުކާރެއްގެ ފައިދާ ނަގާ ބަޔެއް ކަމަށް ސިފަކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި، ފަލަސްޠީނުގެ މައްސަލައަށް އަހަންމިއްޔަތުކަން ދެމުންދާއިރު، ޔަހޫދީ ވަޒަންވެރިވުމަށް ފުރުސަތު ދިނުމަކީ ބަހާ އަމަލާ ދިމާ ނުވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ހުއްޓާލުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު