މުލީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މުލީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މ. މުލީގައި ތަރައްޤީކުރާ ރީޖަނަލް ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ފައުންޑޭޝަން ޓައިބީމް ރީއިންފޯސްމަންޓް މަސައްކަތްތައް ސައިޓުގައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުން ހާމަވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މުލީގައި ބޭއްްވި ހާއްްސަ ރަސްްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ދަޢުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފައިވަނީ 20 އޭޕްރީލް 2024 ގައެވެ.

މި މަޝްރޫޢުގެ ދަށުން މުލީގައި އެޅުމަށް ހަމަޖެހިފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީކުރެވޭ 4 ފަންގިފިލާގެ، 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. ސަރުކާރުން މި މަޝްރޫޢު ފެށުމަށް ނިންމެވި މައިގަނޑު ސަބަބަކީ، މިހާރު އެ ރަށުގައި ބޭނުންކުރަމުންދާ ހޮސްޕިޓަލުގެ ޢިމާރާތް ވަރަށް ބޮޑަށް ބާވެ، ބޭނުންކުރަން ދަތިވާ މިންވަރަށް ޙާލަތު ދަށަށް ގޮސްފައިވުމެވެ.

މި އައު ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން، މ. އަތޮޅުގެ ރައްޔިތުންނަށާއި އެ ސަރަޙައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް