ގަތަރާއި އުރުދުންއިން ސީރިއާއަށް އެކިދާއިރާތަކުން އެހީވުމަށް ވައުދުވެ އެކަން އިއުލާން ކޮށްފިއެވެ.
ސީރިއާގެ ހަކަތަ ދާއިރާއާއި ބަނދަރުތަކަށް އިންވެސްޓް ކުރަން ގަތަރު ތައްޔާރަށް އޮތް ކަމަށް ސީރިއާގެ ޑިފެކްޓޯ ލީޑަރު އަހުމަދު އަލް ޝަރާއާ ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ. އޭނާ އެގޮތަށް ވިދާޅުވީ ދިމިޝްގުގައި ގަތަރުގެ އިސް އޮފިޝަލަކާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މީގެ ދެ ހަފްތާ ކުރިން ހަޔާތު ތަހުރީރުލް ޝާމް (އެޗްޓީއެސް) އިން ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި ފަހުން ދިމިޝްގަށް ޒިޔާރަތްކުރި ފުރަތަމަ އަރަބި ފޮރިން މިނިސްޓަރު ކަމަށްވާ އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން އަލް ސަފާދީ ވެސް ވަނީ ޝަރާއާއާ ބައްދަލުކުރައްވާފަ އެވެ. ސަފާދީ ވިދާޅުވީ ސީރިއާ އަލުން ބިނާކުރުމަށް އެހީތެރިވުމަށް އުރުދުން އޮތީ ތައްޔާރަށް ކަމަށެވެ.
ގަތަރުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް މުހައްމަދު އަލް ޚުލައިފީ ވިދާޅުވީ މުއްސަނދި ގަލްފް އެމިރޭޓް އަދި ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެކްސްޕޯޓްކުރާ ގަތަރު އޮތީ މި ވަގުތު ސީރިއާގައި ތިބި އެމީހުންގެ އަޚުންނަށް އެހީވާން ތައްޔާރަށް ކަމަށެވެ.
މެދުއިރުމަތީގެ ބޮޑު ދެ ގައުމަކުން ސީރިޔާއަށް އެހީތެރިވާން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާއިރު އެމެރިކާއާއި އިސްރާއީލުން ދަނީ ސީރިޔާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. އެ ދެ ގައުމުން ބުނަމުންދާގޮތުގައި މިހާރު ހަމަލާތައް ދެނީ ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ބަލިކޮށްލުމަށެވެ. ނަމަވެސް މި ހަމަލާތަކުގައި ސީރިޔާއަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު