މަރްޔަމް ނަހްދާ ވަޙީދު   25 ޑިސެމްބަރު 2024 - 4:14
ސަނީ ޑިއޯލް- ގޫގުލް އިމޭޖެސް
ސަނީ ޑިއޯލް- ގޫގުލް އިމޭޖެސް
ސަނީ ޑިއޯލް ގެ ކުރިއަށް އޮތް ފިލްމު "ބޯޑާ 2" ގެ ޝޫޓިން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ސަނީ ޑިއޯލްެ ފިލްމު "ބޯޑާ 2" ގެ ޝޫޓުތައް ފަށާފައިވާ ކަމަށް އިއްޔެގެ ވަގުތެެއްގައި ފިލްމުގެ އުފެއްދުންތެރިން ވަނީ އިއުލާން ކޮށްފައެވެ. މި ފިލްމަކީ 1997 ގައި ނެރުނު "ބޯޑާ" ގެ ސީކުއެލް އަކަށް ވީއިރު، މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ 1999 ގައި ހިނގާދިޔާ ކާގިލް ހަނގުރާމައިގެ މައްޗަށެވެ.

ޖޭޕީ ދައްތާ ޑައިރެކްޓު ކުރާ މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމަނައިގެން އުފައްދާ ފިލްމެކެވެ. އޭގެ ތެރޭގައި ސަނީ ޑިއޯލްގެ އިތުރުން ވަރުން ދަވަން، ދިލްޖިތު ޖޯސަން އަދި އަހާން ޝެޓީ ހިމެނެއެވެ.

ބުޝަން ކުމާރު، ޖޭޕީ ދައްތާ އަދި ނިދީ ދައްތާ ގުޅިގެން އުފައްދާ މި ފިލްމު ފުރަތަމަ އެނައުންސު ކޮށްފައިވަނީ މިއަހަރު ޖޫން ގައެވެ. ގިނަ ބަޔަކު އިންތިޒާރު ކުރާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2026 ގެ ޖެނުއަރީ 23 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން