ތެލަގޫ ތަރި އައްލޫ އަރުޖުންގެ އާއިލާއިން "ޕުޝްޕާ 2" އެޅުވި ތިއޭޓަރުގައި އަނިޔާވީ ކުޑަކުއްޖާއަށް ފައިސާގެ އެހީ ފޯރު ކޮށްދީފިއެވެ.
އީޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސަންދިޔާ ތިއޭޓަރުގައި އަނިޔާވި ކުއްޖާއަށް 2 ކަރޯރު ރުޕީސް ދިނުމަށް އައްލޫ އަރުޖުންގެ އާއިލާއާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްލޫ އަރުޖުން 1 ކަރޯރު ރުޕީސް ދީފައިވާއިރު އިރު، ކޮންމެ ޕްރޮޑިއުސަރަކާއި ޑައިރެކްޓަރަކު 50 ލައްކަ ރުޕީސް ދީފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
އެކުއްޖާ އަށް ތިއޭޓަރުގައި އަނިޔާ ވުމުގެ ސަބަބުން ވަރަށް ހާލުދެރަވެ ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އަދި މިހާރު އެކުއްޖާގެ ހާލު ރަނގަޅު ވަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އައްލޫ އަރުޖުން އާއި އޭނާގެ ބައްޕަ ވަނީ އެކުއްޖާ ހޭއެރުމުން ހޮސްޕިޓަލަށް ޒިޔާރަށް ކޮށް އެކުއްޖާގެ ހާލުވެސް ބަލާފައެވެ.
"ޕުޝްޕާ 2" އިން ވަނީ ބޮކްސް އޮފީހުގައި އެތައް ރިކޯޑުތަކެއް މުގުރާލަައި ބޮޑު އާމްދަނީއެއް ހޯދާފައެވެ. މިހާތަނަށް މި ފިލްމަށް މުޅި ދުނިޔޭގެ ބޮކްސް އޮފީހުން 1600 ކަރޯރު ރުޕީސްގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު