އިސްކޮޅުން ކުރުވުމުން އެހެން މީހުން ބަލައި ނުގަންނާނެ ކަމަށް ހީކުރެވުނު ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ފިލްމު އުފެއްދުންތެރިޔާ އާމިރު ޚާން ބުނެފިއެވެ.
އާމިރު މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ފިލްމީ ދާއިރާއަށް ނިކުތް އިރު އޭނާ އެންމެ ޖެހިލުންވި ކަންކަމާމެދު ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ އޭނާއަކީ އިސްކޮޅުން ކުރު ފިރިހެނަކަށް ވުމުން ބެލުންތެރިންނާއި އިންޑަސްޓްރީގެ މީހުން އޭނާ ބަލައި ނުގަންނާނެ ކަމަށް އޭރު ހީކުރެވުނު ކަމަށެވެ.
އަދި މިއީ ވަރަށް ބޮޑަށް އޭނާގެ ހިތުގައި އުފެދުނު ބިރެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށްވެސް އާމިރު ވަނީ ބުނެފައެވެ. ނަމަވެސް މިކަންކަމަށް އެހާ ސަމާލުކަން ދޭން ނުޖެހޭކަން ފަހުން ވިސްނުނު ކަމަށްވެސް އޭނާ ވަނީ އިންޓަވިއުގައި ބުނެފައެވެ.
އާމިރު އެންމެ ފަހުން ފެނިފައިވަނީ 2022 ގައި ނެރުނު ހިންދީ ފިލްމު "ލާލް ސިންގު ޗައްޑާ" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "ސިތާރޭ ޒަމީން ޕަރު" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު