މަރްޔަމް ނަހްދާ ވަޙީދު   28 ޑިސެމްބަރު 2024 - 7:40
ޕްރިޔަންކާ ޗޯޕްރާ- ގޫގުލް އިމޭޖެސް
ޕްރިޔަންކާ ޗޯޕްރާ- ގޫގުލް އިމޭޖެސް
6 އަހަރަށްފަހު ގްލޯބަލް ސެންސޭޝަން ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑްގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޑައިރެކްޓަރު އެސްއެސް ރާޖްމޯލީގެ ކުރިއަށް އޮތް ފިލްމުގެ ލީޑު ރޯލަށް ޕްރިޔަންކާ މިހާރު ސޮއި ކޮށްފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން އެ ނޫހަށް ޔަގީން ކޮށްދީފައިވާ ކަމަށެވެ. މި ފިލްމުގެ ލީޑު ރޯލަށް ޕްރިޔަންކާ ހިޔާރު ކޮށްފައިވަނީ އޭނާއަކީ ހޮލީވުޑްގައިވެސް މަސައްކަތް ކުރާ ތަރިއަކަަށް ވާތީ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގެ ސްކްރީން ޕްލޭ މިހާރު ލިޔެ ނިމެން ކައިރިވެފައިވާއިރު، ފިލްމުގެ ޝޫޓިން 2025 ގެ އެޕްރިލް މަހު ފެށޭނެ ކަމަށް ރިޕޯޓުގައި ވެއެވެ. މި ފިލްމަކީ ޖަންގަލިތަކުގައި ޝޫޓު ކުރާ ފިލްމެއް ކަމުން މި ފިލްމުގެ ޝޫޓިން ތަފާތު އެކި ގައުމުތަކުގައި ކުރިއަށް ދާނެއެވެ. އޭގެ ތެރޭގައި އިންޑިއާ، އެމެރިކާ އަދި އެފްރިކާގެ ބައެއް ޖަންގަލިތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރިޔަންކާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގުބޫލު ތަރިއަކަށްވީއިރު އޭނާ ވަނީ ބޮލީވުޑަށާއި ހޮލީވުޑަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ "ދަ ސްކައި އިޒް ޕިންކު" އިންނެވެ. 6 އަހަރަށްފަހު ބޮލީވުޑްގެ ފިލްމަކަށް ޕްރިޔަންކާ ސޮއި ކޮށްފައިވާއިރު، މިއީ އޭނާގެ ފޭނުންނަށް ވަރަށްވެސް އުފާވެރި ހަބަރަކަށް ވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން