ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ރޯހިތު ޝެޓީ އުފައްދަން އުޅޭ ބަޔޮޕިކް ފިލްމުގެ ލީޑު ރޯލުން ފެންނާނީ ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ބަޔޯޕިކް އަކީ އިންޑިއާގެ ކުރީގެ ފުލުސް ކޮމިޝަނަރެއް ކަމަށްވާ ރާކޭޝް މާރިޔާގެ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށް އުފައްދާ ފިލްމެކެވެ. ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޖޯން އަބްރަހަމް ކަމަށެވެ.
މި ފިލްމަކީ ރާކޭޝް މާރިޔާގެ ހަނދާނުގައި އޭނާއަށް ޓްރިބިއުޓެއްގެ ގޮތުގައި އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ސްކްރީން ޕްލޭ މިހާރު ވަނީ ނިމެން ކައިރިވެފައެވެ. އަދި މި ފިލްމުގެ ޝޫޓުތައް އަންނަ އަހަރު މެދުތެރޭގައި ފެށޭނެކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ރޯހިތު ޝެޓީ އަކީ މިފަދަ ފުލުހުންނާ ބެހޭ ފިލްމުތައް އުފައްދާ ޕްރޮޑިއުސަރެއްގް ގޮތުގައި މަޝްހޫރު ވެފައިވާ މީހެކެވެ. ނަމަވެސް މި ފިލްމަކީ އޭނާގެ ކޮޕް ޔުނިވާސްގެ ތެރެއިން އުފައްދާ ފިލްމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު