އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އުމުރުފުޅުން 100 އަހަރުގައި ޖީމީ ކާޓާ އަވަހާރަވީ އިއްޔެ އެވެ.
އެކަމާ ގުޅިގެން ރައީސް މުުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ޖިމީ ކާޓާ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިމާމައާއެކު ކަމަށެވެ.
އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ރައީސް މުއިއްޒު، ކާޓާގެ އާއިލާއަށާއި އެމެރިކާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވި އެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު 100 އަހަރު ފުރުނު ޖިމީ ކާޓަރަކީ އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެންމެ ދިގު އުމުރެއް ދެކެވަޑައިގެންނެވި ކުރީގެ ރައީސެވެ.
ކާޓާ އަަވަހާރަވީ ޖޯޖިއާ ސްޓޭޓްގެ ޕްލެއިންސްގައި ހުންނަ އޭނާގެ ގެކޮޅުގަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިވަޑައިގެން ކާޓާ ރައީސްކަން ކުރެއްވީ 1977 އިން 1981 އަށެވެ. އެއީ އިޤްތިޞާދީ ގޮތުންނާއި އަދި ޑިޕްލޮމެޓިކް ގޮތުން އެމެރިކާއަށް ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު