ރާއްޖޭގައި މަރުވި ނޭޕާލު އަންހެން މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލެވޭތޯ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގެ ކެފޭއެއްގައި މަސައްކަތްކުރަމުން ދިޔަ އެ އަންހެން މީހާ މަރުވީ މިިދިޔަ މަހު ކުރީކޮޅު އެވެ.
ކަންޗަން ދުގެލް (25 އަހަރު) މަރުވީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ހޮސްޕިޓަަލަށް ގެންދިޔަފަހުން ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ. އަދި ކަންޗަން މަރުވި ފަހުން އޭނާގެ ހަށިގަނޑާ ސްޕޮންސަރު ހަވާލުނުވުމުން މޯޗަރީއަށް ގެންދިޔައީވެސް ފުލުހުން ނެވެ.
ނަމަވެސް އޭގެފަހުން މަހެއްހާ ދުވަސް ވީއިރުވެސް އޭނާގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގަ އެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު