އަހުމަދު ޔާމިން   31 އޯގަސްޓު 2020 - 20:36
ޕީއެންސީގެ ލީޑަރ އަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ)
ޕީއެންސީގެ ލީޑަރ އަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ)
އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ލައިވް ޓީވީގައި އަވަގުރާނަ ގޮވައިފިއެވެ.

ރާއްޖޭގެ ސިޔާސީ މާޙައުލުގައި މަސައްކަތް ކުރަށްވާ ބޭފުޅުންގެ ތެރެއިން ޢާއްމުކޮށް ހަޑިހުތުރު ބަހުން ވާހަކަދައްކަވާ ކަމަށް ބައެއް ވީޑިއޯތަކުންވެސް ފެނިފައިވާ އަދުރޭ މިއަދު ހަޑިހުތުރުބަހެއް ބޭނުން ކުރަށްވާފައިވަނީ، މިއަދު ހެނދުނު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ "ދެ ރަދުން" ފޮތާ ގުޅޭ ގޮތުން އަދުރޭ ހުތުރުބަހެއް ބޭނުންކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި އެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.

އަދުރޭ ފުލުހަށް ހާޒިރުކުރީ ހުކުރު ދުވަހު އެޗްޕީއޭގެ މިންގަނޑާ ހިލާފަށް އެއްވުމެއް އިންތިޒާމްކޮށް އެ އެއްވުމުގައި ބައިވެރިވެފައިވާތީއެވެ. އެ މައްސަލައާއި ގުޅިގެން މިއަދު އޭނާ ވަނީ އެއް ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދުރޭގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އާއި، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ސުޖާއު ވެސް ވަނީ 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މާސްކު ނާޅުއްވާ އެ އެއްވުމުގައި ވާހަކަ ދެއްކެވި މައްސަލާގައި ވަނީ ފުލުހަށް ޙާޟިރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ދަވާލި19

01-Sep-2020

އާނދެން ކޮމްމެވެސްގޮތަކުން އެބަޖެހޭތާ ދައުލަތައް އާމްދަނީއެއްވެސް ހޯދަން މިބުނީ އަދިރޭގެ އެއަމަލު ރަނގަޅެކޭނޫން



ޓްރެންޑިން