އިންޑިއާގެ ބެންގަލޫރުގައި ދުއްވާފައިދިޔަ އޮޓޯ އަކުން އަންހެނަކު ފުންމާލި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އިންޑިއާގެ އީޓައިމްސް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވަނީ މި ހާދިޘާ ހިނގާފައިވަނީ ބެންގަލޫރުގައި ކަމަށެވެ. 30 އަހަރުގެ އެ އަންހެން މީހާ ގެއަށް ދާންވެގެން އެރި އެ އޮޓޯއިން ފުންމާލާފައިވަނީ މަސްތުގެ ހާލުގައި ހުރި ޑްރައިވަރުގެ ފަރާތުން ސަލާމަތްވާން ކަމަށް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެ އަންހެން މީހާ އޮޓޯގެ ހިދުމަތް ހޯދާފައިވަނީ "ނައްމާ ޔަތުރީ" ނަމަކަށް ކިޔާ އެޕަކުންނެވެ. އޭނާ އޮޓޯއިން ފުންމާލީ އެ އޮޓޯ ދުއްވަން އިން މީހާ ދާން ޖެހޭ ތަން ނޫން އެހެން ތަނަކަށް އޭނާ ގެންދަން ފެށުމުންނެވެ.
މި ހާދިޘާއާ ގުޅިގެން އަންހެން މީހާ ފުލުހަށް މައްސަލަ ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ފިރިމީހާ ވަނީ މިކަން ހާމަކޮށް އެކްސްގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އަދި އެ ޕޯސްޓުގެ ސަބަބުން ފުލުހުން ވަނީ އެމީހުންނާ ގުޅާ ކަން ވީގޮތް ހޯދާފައެވެ. އަދި އެ ރިކްޝާ އެޕްގެ ފަރާތުންވެސް މީހާކު އޭނާއަށް ހަބަރުވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މި ހާދިޘާގައި އަންހެން މީހާއަށް މާ ބޮޑު ޒަހަމްތަކެއް ލިބިފައި ނުވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު