ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް (ވ). އާއި ޕީޕީއެމް މެމްބަރު ޠާރިޤް (ކ).
ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް (ވ). އާއި ޕީޕީއެމް މެމްބަރު ޠާރިޤް (ކ).
އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު މަޖިލީހުގައި އިތުރުފުޅު ހައްދަވާކަމަށް ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައަޅާފައިވާ ވަޒީފާއާ ބެހޭ ޤާނޫނުގެ ބިލަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލުތަކަކީ ހެޔޮ ބަދަލުތަކެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މެމްބަރު ޠާރިޤު ވިދާޅުވީ ވަޒީފާއާއި ބެހޭ ޤާނޫނުގައި ރައްޔިތުންގެ ބޮޑެތި ޝަކުވާތަކެއް އެބަހުރި ކަމަށާއި، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު މަޖިލީހުގައި ހައްދަވަނީ އިތުރުފުޅު ކަމަށެވެ. އަދި ފަހަރުގައި އެއީ އާދަމް ޝަރީފް އެ ކޮމެޓީގައި ހިމެނިވަޑައި ގަންނަވާތީ ދައްކަވާ ވާހަކަފުޅަކަށް ވެދާނެކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު ވިދާޅުވީ ވަޒީފާއާ ބެހޭ ޤާނޫނުގެ ބިލު، ސަރުކާރުން ފުރަތަމަ މަޖިލީހަށް ފޮނުއްވެވިއިރު، ވަޒީފާ އަދާކުރާ މީހުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މިއަދު އެބިލަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އާދަމް ޝަރީފް އެހެން ވިދާޅުވުމުން ސަރުކާރު ހިންގާ އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އޭނާގެ ވާހަކަފުޅަށް ތަރުޙީބުދެއްވައި އަތްޖައްސަވާފައެވެ.

ނަމަވެސް ޠާރިޤް ނިޒާމީ ނުކުތާއަށްފަހު ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ އަދިވެސް ވަޒީފާއާއި ބެހޭ ބިލުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން