މަރްޔަމް ނަހްދާ ވަޙީދު   10 ޖެނުއަރީ 2025 - 3:59
ފަހި ރައިޑު: ފަސޭހަކަމާއެކު ދަތުރުކުރުމަށޤ އޮތް މަގު
ފަހި ރައިޑު: ފަސޭހަކަމާއެކު ދަތުރުކުރުމަށޤ އޮތް މަގު
ފަހި ރައިޑުގެ ހިދުމަތް މިއަދުން ފެށިގެން އައްޑޫ ސިޓީ އިން ލިބޭނެ ކަމަށް އެ އެޕްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީޓީއޯ) އަލީ އަސްލަމް ވިދާޅުވެއްޖެއެވެ.

މި އެޕްގެ ފަރާތުން ޓެސްޓު ރައިޑުތައް މިއަދުން ފެށިގެން ކުރިއަށް ދާއިރު، މި އެޕް ރަސްމީކޮށް އައްޑޫ ސިޓީއަށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށަކަށް މި އެޕްގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ހިތަދޫ، މަރަދޫ ފޭދޫ، މަރަދޫ، ފޭދޫ، ޕޮލިސް އެކެޑެމީ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.

އެހެންކަމުން މިއިން ކޮންމެ ތަނަކަށް ދާން ވިޔަސް މި އެޕު ބޭނުން ކޮށްގެން ދެވޭނެ ކަމަށް ރަސް އަށް މައުލޫމާތު ދެމުން އެޕުގެ ސީޓީއޯ ވިދާޅުވިއެވެ. މީގެ އިތުރުން މި އެޕު ހިޔާރު ކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތައްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފަހި ރައިޑު ހިޔާރު ކުރަންވީ ސަބަބުތައް:

- އެމަޖެންސީ ދަތުރުތައް ކުރެވޭ ހަމަ އެކަނި އެޕް

- ފަސޭހަކަމާއެކު ބޭނުން ކުރެވޭ އެޕްލިކޭޝަނެއް

- ރިޕީޓު ދަތުރު ޖަހާލެވޭ

- ބޭނުންވާ ވެހިކަލެއް ފަސޭހަކަމާއެކު ނަގާލެވޭ

- ޑްރައިވަރު އަންނަ ރޫޓު ފަސޭހަކަމާއެކު ބަލާލެވޭ

- ބޭނުން ވަގުތަކު ބުކިން ހަދާލެވޭ (އެޑްވާންސް ކޮށްވެސް ބުކް ކުރެވޭ)

ރަސްއަށް މައުލޫމާތު ދެމުން ފަހި އަސްލަމް ބުނެފައި ވަނީ އެހެން އެޕްތަކާ މިއެޕް ތަފާތު ކޮށްދޭ އެންމެ މުހިންމު އެއް ފީޗާ އަކީ މި އެޕް މެދުވެރިކޮށް ހިލޭ ދަތުރު ކުރެވޭތީ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ފީޗާ އަކީ މިއީ ރާއްޖޭގައި އޮތް ހަމަ އެކަނި އެޕްލިކޭޝަން ހިލޭ ދަތުރު ކޮށްދޭ. ކުރާ ކޮންމެ ދަތުރަކަށް ވަކިވަރަކަށް ޕޮއިންޓް ކަސްޓަމަރަކަށް ލިބޭނެ. މި ޕޮއިންޓު ރުފިޔާއަށް ވޮލެޓް މެދުވެރިކޮށް ބަދަލު ކުރެވޭނެ. ވޮލެޓުން ހިލޭ ދަތުރު ކަސްޓަމަރަށް ކުރެވޭއިރު އެ ދަތުރުގެ ފައިސާ ފަހިރައިޑުގެ ފަރާތުން ޑްރައިވަރުގެ އެކައުންޓަށް އެދުވަހު ޖަމާކޮށްދެވޭނެ. އެގޮތުން މިހާރު ފަހި ރައިޑް މެދުވެރިކޮށް 700 އަށް ވުރެ ގިނަ ހިލޭ ދަތުރު ކަސްޓަމަރުން ވާނީ ކޮށްފަ." ރަސް އަށް މައުލޫމާތު ދެމުން ފަހި ރައިޑުގެ ސީޓީއޯ އަސްލަމް ވިދާޅުވިއެވެ.

މި އެޕަކީ ރައްހިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުން އުފެއްދި އެޕަކަށް ވާއިރު، މި އެޕްލިކޭޝަންގެ ހިދުމަތް މީގެ ކުރީގައި ދީފައިވަނީ މާލެ ސިޓީގައެވެ. އަދި މި އެޕަށް މާލޭގައި ދިރިއުޅޭ މީހުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން ބަލާއިރު މި ފާއިތުވި އަހަރެއްހާ ދުވަސްތެރޭ 18،000 ކަސްޓަމަރުން ވަނީ މި އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ހޯދާފައެވެ.

މި އެޕްލިކޭޝަންގެ ފަރާތުން މިހާރު މާލޭގައި 3175 ކާރާއި، 127 ވޭނުގެ އިތުރުން 1343 ސައިކަލު އޮޕަރޭޓު ކުރަމުންދާ ކަމަށް ފަހި ރައިޑުން ވަނީ ބުނެފައެވެ. މީގެ އިތުރުން މި އެޕްލިކޭޝަން އަކީ މިހާރު ރާއްޖޭގައި އެންމެ ގިނަ ޑްރައިވަރުން ހަރަކާތްތެރިވާ އެޕްލިކޭޝަން ކަމަށްވާއިރު، އޭގެ ތެރޭގައި 10 އަންހެން ޑްރައިވަރުން ހިމެނޭ ކަމަށްވެސް ފަހި ރައިޑުން ވަނީ ބުނެފައެވެ.

މި އެޕްލިކޭޝަންގައި ޑްރައިވަރެއްގެ ގޮތުގައި ރަޖިސްޓްރީ ވާ ފަރާތްތަކުން ފީއެއް ދައްކަން ޖެހެއެވެ. ނަމަވެސް އައްޑޫ ސިޓީގެ ޑްރައިވަރުންގެ ތެރެއިން މި ޖެނުއަރީ މަހު އެޕްލިކޭޝަންގަައި ޑްރައިވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި ހުރިހާ ފަރާތްތަކަށްވެސް ތިން މަސް ވަންދެން ހިލޭ ހިދުމަތް ދެވޭނެ ކަމަށް ފަހި ރައިޑުން ވަނީ ބުނެފައެވެ.

އަދި އަންހެން ޑްރައިވަރުންނަށް ހާއްސަކޮށް ހިންގާ ޕްރޮމޯޝަންގެ ދަށުން ސައިކަލު އަދި ޓެކްސީގެ ހިދުމަތް ދިނުމަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް ފަހި ރައިޑުން ވަނީ ބުނެފައެވެ.

ފިރިހެން ވެރިންގެ ތެރެއިން މި އެޕްލިކޭޝަންގެ ދަށުން މާލޭގައި ކާރު/ވޭން ޑްރައިވަރެއްގެ ގޮތުގައި ރަޖިސްޓްރީވާނަމަ ދައްކަން ޖެހެނީ 200 ރުފިޔާއެވެ. އަދި ސައިކަލު ދުއްވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ވާނަމަ ދައްކަން ޖެހެނީ 100 ރުފިޔާއެވެ.

ފަހި ރައިޑުން މިހާރު ވަނީ ޑްރައިވަރުން އަދި ކަސްޓަމަރުންނަށްޓަކައި ޕްރޮމޯޝަނެއްވެސް ހުޅުވާލާފައެވެ. ތިރީގައި މި ހިމަނާލަނީ މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތުތަކެވެ.

ޑްރައިވަރުންނަށް ހާއްސަ:

- އެމީހެއްގެ ރިފެރަލް ކޯޑު ބޭނުން ކޮށްްގެން އެޕަށް އާ ޑްރައިވަރުން ތައާރަފް ކުރުމުން އަލަށް އެޕާ ގުޅޭ ޑްރައިވަރަށާއި، ރިފާ ކުރި ފަރާތަށް 50 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކަސްޓަމަރުންނަށް ހާއްސަ:

- އެމީހެއްގެ ރިފެރަލް ކޯޑު ބޭނުން ކޮށްގެން އެޕަށް އާ ކަސްޓަމަރުން ތައާރަފް ކުރުމުން އަލަށް އެޕާ ގުޅޭ ކަސްޓަމަރަށާއި، ތައާރަފް ކުރި ފަރާތަށް 100ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިހާރު ރާއްޖޭގައި ޑްރައިވަރުންގެ އެންމެ ބޮޑު ކޮމިއުނިޓީ އޮތް އެޕަށް ވީީއިރު، މާލޭގެ ޓެކްސީ ޑްރައިވަރުން ވަނީ މި އެޕް މެދުވެރިކޮށް 8.8 މިލިއަން ރުފިޔާގެ އާމްދަނީ އެއް ހޯދާފައެވެ.

ވީމާ މިއަދު އައްޑޫގައި ފަހި ރައިޑުގެ ހިދުމަތް ފެށިގެންދާއިރު އެންމެންވެސް އަވަހަަށް މި އެޕަށް ޑްރައިވަރެއްގެ ގޮތުގައި ނުވަތަ ކަސްޓަމަރެއްގެ ގޮތުގައި ރަޖިސްޓާ ވެ މި އެޕުގެ ފެންވަރު ބަލާލަން ޖެހެއެވެ. މި އެޕް ޕްލޭ ސްޓޯރުންނާއި އެޕްސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ. އެހެންކަމުން ފަސޭހަކަމާއެކު އަވަސް ހިދުމަތް ބޭނުންވާނަމަ ކޮންމެ މީހަކުވެސް ފަހި ރައިޑު ހިޔާރު ކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން