އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ސައުދީއަށް ވަޑައިގެންނެވީ ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީގު ރަބީއާގެ ދައުވަތަކަށް ކަމަށެވެ.
އަދި އެ ޒިޔާރަތުގެ ތެރޭގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކު ގާއިމު ކުރާ ހައްޖު އެގްރީމެންޓްގައި މިނިސްޓަރު ސޮއިކުރައްވާނެކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މި އަހަރު ސައުދީގެ ހައްޖު މިނިސްޓްރީއިން ބާއްވާ ހައްޖު މައުރަޒުގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހައްޖުގެ އިންތިޒާމްތައް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ގައުމުތަކާ ގުޅިގެން ސައުދީ ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު