ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހަފްތާތަކެެއްވަންދެން ކުރި މަސައްކަތުން ދެކުނު ކޮރިޔާގެ ރައީސް ޔޫން ސުކް ޔެއޯލް ހައްޔަރުކޮށްފިއެވެ.

ކަމާބެހޭ އިދާރާތަކާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގަައި ގިނަ ދައުވާތަކެއް އުފުލާފައިވާ ރައީސް ޔޫން ސުކް ޔެއޯލް ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށް މިހާރު ވަނީ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް (ސީއައިއޯ) އަށް ގެންގޮސްފައެވެ.

ރައީސް ޔޫންގެ މައްޗަށް ކުރަމުން އައި ދައުވާތަކަށް އޭނާ އިންކާރުކޮށް އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައިވާއިރު އެކަމާ ގުޅިގެން ދެކުނު ކޮރިޔާގައި މާޝަލް ލޯވެސް ވަނީ ތަންފީޒު ކޮށްފައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން އެކަން ވަނީ ހުއްޓުވާފައެވެ. ޔޫން އާ ހަވާލަދީ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ސީއައިއޯއިން އޭނާ އާ ސުވާލުކުރުމަށް އެއްބަސްވީ އެގައުމުގައި ލޭ އޮހޮރުވުމަށް ދާން ބޭނުން ނުވާތީ ކަމަށެވެ.

ޔޫން ގަބޫލު ކުރައްވާ ގޮތުގައި އޭނާ އާ ދެކޮޅަށް އުފުލާފައި ވަނީ ގާނޫނާ ހިލާފު ތަހުގީގެކެވެ. އަދި މިކަމަށް ޔޫންގެ ޕާޓީންވެސް ތާއީދުކޮށްފައިވާއިރު ކަމާބެހޭ ފަރާތްތަކުން ޔޫން ހައްޔަރުކުރުމަށް އޭނާ ދިރިއުޅޭ ގެއަށް ދިއުމުން ޕާޓީގެ މެމްބަރުން ވަނީ ހުރަސްވެސް އަޅާފައެވެ.

ކަމާބެހޭ ފަރާތްތަކުން ޔޫން ހައްޔަރުކޮށްފައި ވަނީ އޭނާގެ ސެކިއުރިޓީ ސްޓާފުންނާއި ސަޕޯޓަރުންނާ އެކު ގަޑިތަކެއް ވަންދެން ކުރިމަތިލުމަކަށް ފަހު ކަމަށާއި އެ މައްސަލައިގައި ހަތިޔާރު ބޭނުންކޮށްގެން ޔޫންގެ ގެއަށް ވަދެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔޫން ހައްޔަރުކުރަން ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށާފައިވާތާ ހަފްތާތަކެއް ވެފައިވާއިރު ކޯޓު އަމުރާއެކު އިންވެސްޓިގޭޓަރުން މި މަހުގެ ކުރީކޮޅުށްސުރެން ފެށިގެން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރި ނަމަވެސް މިއަދާ ހަމައަށް އެކަން އޮތީ ނުވެފައެވެ.

މިއީ ދެކުނު ކޮރެއާގެ ތާރީހުގައިވެސް އެގައުމުގެ ރައީސަކު ހައްޔަރުކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން