އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުން، އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މި އެއްބަސްވުމަށް ރުހުން ދޭން ފެންނަ ކަމަށް އިޒްރޭލު ކެބިނެޓުގެ 24 ވަޒީރަކު ވޯޓު ދީފައެވެ. އެއްބަސްވުމަށް ރުހުން ދިނުމާ ދެކޮޅަށް ދިނީ 8 ވޯޓެވެ.
ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެކުލަވާލި އެއްބަސްވުމަށް މާދަމާ އިން ފެށިގެން އަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.
އެއްބަސްވުން އެކުލަވާލާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ.
އެއްބަސްވުމުގެ ދަށުން ހަމަލާތައް ހުއްޓާލުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުން ވެސް މި އެއްބަސްވުމުގެ ދަށުން މިނިވަން ކުރަން ޖެހެއެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަދުވަހުއެވެ. އެ ހަމަލާތަކުގައި ގާޒާ އިން 46،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 109،378 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފައެވެ. ހަނގުރާމައިގެ ސަބަބުން ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު