ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ގެ ދަށުން މިހާތަނަށް ޖުމްލަ 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ދިވެހި ކަސްޓަމުން ބުނެފި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ހެދި އެ އެއްބަސްވުމަށް އަމަލު ކުރަން ފެށީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެފްޓީއޭ އެއްބަސްވުމުގެ ދަށުން މި މަހުގެ 1 އިން 18 އަށް ޖުމްލަ 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި ނުވަ ޝިޕްމެންޓްގެ މުދަލާއި ކަނޑުމަގުން އެތެރެކުރި ތިން ޝިޕްމަންޓުގެ މުދަލެވެ. ވައިގެ މަގުން އެތެރެކުރި މުދަލުގެ އަގު 882،381ރ. އަށް އަރާ އިރު، ކަނޑުމަގުން އެތެރެކުރި މުދަލުގެ އަގު 1.040،875ރ. އަރަ އެވެ.
ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި އެފްޓީއޭގެ ދަށުން އަހަރަކު އެއް ބިލިއަން ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން 91 އިންސައްތަ މުދަލުން ޑިއުޓި ނުނަގާނެ އެވެ.
ޗައިނާއާއެކު ހެދި މި އެއްބަސްވުމުގެ ދަށުން އެގައުމުން ގަންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް އޮތީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު