މޮރޮކޯގެ މަގުމަތީގައި އުޅޭ ކުއްތާތަކެއް--
މޮރޮކޯގެ މަގުމަތީގައި އުޅޭ ކުއްތާތަކެއް--
މޮރޮކޯއިން މަގުމަތީގައި އުޅޭ ތިން މިލިއަން ކުއްތާ މަރަން ނިންމައިފި އެވެ.

މިއީ 2030 ވަނަ އަހަރު ބާއްވާ ޕީފާ ވޯލްޑް ކަޕްއަށް ތައްޔާރުވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

މޮރޮކޯގައި ކުއްތާ މެރުން މަނާ ނަމަވެސް މިހާރު ވެސް މޮރޮކޯގައި ގަވައިދާ ހިލާފަށް ބަޑި ޖަހައިގެންނާއި ވިހަ ދީގެން މަރާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ. އެހެން ނަމަވެސް މޮރޮކޯގެ އިދާރާތަކުން އެކަމަށް ފިޔަވަޅު ނާޅާާ ކަމަށް ވެސް ރިޕޯޓްތައް ބުނެފައި ވެއެވެ.

ތިން މިލިއަން ކުއްތާ މަރަން ނިންމުމުން ޖަނަވާރުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ޖަނަވާރުން ދެކެ ލޯބިވާ ފަރާތްތަކުން ވަނީ ވަރަށް ރުޅި ގަދަވެފަ އެވެ.

އަދި ފީފާއިން އެކަން ހުއްޓުވަން ވެސް ގޮވާލަމުންދާ އިރު އެ އިދާރާއިން މިހާތަނަށް ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

މޮރޮކޯގައި މަގުމަތީގައި އުޅޭ ކުއްތާގެ އާބާދީ އިންތިހާއަށް އިތުރުވެފައިވާ އިރު ޖަނަވާރުން ބަލަހައްޓާ "ޝެލްޓާ"ތައް ވެސް އޮތީ ފުރިފަ އެވެ. އަދި އިތުރު ޖަނަވާރުންނަށް އަޅާާލަން ބޭނުންވާ ފައިސާއާއި ވަސީލަތްތައް ވެސް ނެތް ކަމަށް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން