ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރ. އުނގޫފާރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒުއެވެ. މި ޚިދުމަތް ފެށުމާ ގުޅިގެން، މާދަމާއިން ފެށިގެން “އިމުގާ” މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ. އުނގޫފާރުން ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިއީ ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެޅި މުހިއްމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޕާސްޕޯޓު ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރ. އަތޮޅުގައި މި ޚިދުމަތް ފެށުމުން އެ އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި އަތޮޅުތެރޭގައި ތިބެގެން ޕާސްޕޯޓު ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު