ޢަލީ ރަމީޒް (ކ) އަދި ނިއުމާ މުޙައްމަދު (ވ)
ޢަލީ ރަމީޒް (ކ) އަދި ނިއުމާ މުޙައްމަދު (ވ)
ފިލްމީ ދާއިރާގައި ޙަރަކާތްތެރި ވަމުންދާ ނިއުމާ މުޙައްމަދު ފިލްމީ ދާއިރާއިން ދުރުވެ އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރުމަށް އިސްލާމްދީނުގެ ދަޢުވަތު ފެތުރުމުގެ މަސައްކަތް ކުރަމުންދާ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ދިން ނަސޭހަތް ޤަބޫލު ނުކޮށް ނިއުމާ އަލީ ރަމީޒަށް ރައްދު ދީފިއެވެ.

އަލީ ރަމީޒު ފޭސްބުކްގައި ނިއުމާއަށް ނަސޭޙަތްތެރިވެފައި ވަނީ، މީގެ ދުވަސްކޮޅެއް ކުރިން ނިއުމާ ފޭސްބުކްގައި ކުރި އަސަރުގަދަ ޕޯސްޓަކާއި ގުޅިގެންނެވެ. އެގޮތުން ނިއުމާ ބުނެފައިވަނީ ފާއިތުވި ތިން އަހަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ތިން އަހަރު ކަމަށާއި އެ ދުވަސްކޮޅު ހަމަނިދި ނުލިބި ޑިޕްރެޝަންގައި އެތައް ދުވަހެއް ހޭދަކޮށް، ހާލުގައި ޖެހި މަގުމަތިވާ ހިސާބަށް ދިޔަ ކަމަށެވެ.

އޭގެ އިތުރުން ހާލުގައި ޖެހުނު ދުވަހު އިބުރަތްތެރި އެތައް ފިލާވަޅުތަކެއް ލިބުނު ކަމަށާއި އޭނާގެ އަތުގައި ހިފައި މަގުދައްކައިދިނީ ކޮއްކޮގެ ދެމަފިރިންނާއި އާއިލާގެ މަދު ބަޔަކާއި މަދު ރައްޓެއްސެއް ކަމަށް ނިއުމާ ބުނެފައިވެއެވެ.

ނިއުމާގެ ހިތްދަތި ވާހަކަތަކާ ގުޅިގެން ޢަލީ ރަމީޒް ބުނެފައިވަނީ މުޑުދާރު ފިިލްމުތައް ކުޅުމާއި މިއުޒިކް ކުޅުންފަދަ ﷲ ހަރާމް ކުރައްވާފައިވާ މަސައްކަތްތަކުން ލިބޭނެ ހިތް ހަމަޖެހުމެއް ނޯންނާނެ ވާހަކަ މީގެ ކުރިންވެސް ތަކުރާރުކޮށް އޭނާ ބުނެފައިވާނެ ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުން މީހުންގެ އިހުތިރާމާއި ލޯބި ލިބޭ ކަމަށް ހީކުރެވުމަކީ އަހަރެމެންގެ ކޮށި ބުއްދިއަށް ޝައިތާނާ ވައްދައިދޭ ވަސްވާސްތަކެއްކަން ޢަލީ ރަމީޒް ފާހަގަ ކޮށްފައިވެއެވެ.

“ހާލުގައި ޖެހޭ ދުވަހު އެއްކަލަ ލޯބިވީ އެކަކުވެސް ނުހުންނާނެ އެހީތެރިވާކަށް، އެއީ ކީއްވެ؟ އެއީ އެމީހުން އެވީ ހަގީގީ ލޯބި ކަމުގައި ނުވާތީ.“ ޢަލީ ރަމީޒް ބުނެފައިވެއެވެ.

އޭގެ އިތުރުން އަލީ ރަމީޒު ބުނީ، ﷲ އަށް ތައުބާވެ އެ މުޑުދާރު މަސައްކަތުން ދުރުވެ އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ހަޔާތުގެ ދެން ބާކީ އޮތް ބައި ހޭދަކުރުމަށް ނިއުމާއަށް ހެޔޮ ހިތުން ނަސޭހަތްތެރިވާ ކަމަށެވެ. އަދި ފަލާހާއި ކާމިޔާބު ހާސިލްވާނީ ﷲ އަށް ފުރިހަމަ ގޮތުގައި ކިޔަމަންވެގެން ކަމަށް ވެސް އަލީ ރަމީޒުގެ މެސެޖުގައިވެއެވެ.



ޢަލީ ރަމީޒް ނިއުމާއަށް ނަސޭހަތްތެރިވި ނަމަވެސް ނިއުމާ މިއަދު ވަނީ ޢަލީ ރަމީޒް އޭނާއަށް ނުބެހި މަޑުން ހުރުމަށް އެދިފައެވެ. އޭގެއިތުރުން ޢަލީ ރަމީޒް ދެއްކި ވާހަކަތަކާމެދު ނިއުމާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން ނިއުމާ ބުނެފައިވަނީ ކިތަންމެ ރަގަނޅު މީހަކަށްވެސް ދަތި ދުވަހެއް އަތުވެދާނެ ކަމަށާއި އޭނާ އަކީ އޮރިޔާން ފިލްމު ކުޅެގެން މަޝްހޫރުވި މީހެއް ނޫން ކަމަށެވެ.

“ފިލްމު ކުޅުނީ ބަންދު ކޮޓަރިއެއްގައެއް ނޫން، އެތައް ބައެއް ކުރިމަތީ ތިބެގެން އެންމެންނަށް ފެންނަ ގޮތަށް ކުރި ހަލާލް މަސައްކަތަކުން މަ ފައިސާ ހޯދީ. މުޑުދާރު ލަވަ ކިޔައިގެން މީނައަށް ލިބުނު ލާރިގަނޑުން ކީއްބާ ކުރީ؟” ހިތްހަމަ ނުޖެހުމާއެކު ނިއުމާ މީސްމީޑިއާގައި ބުނެފައި ވެއެވެ.

ހަމައެއާއެކު ނިއުމާ ވަނީ، މީސްމީޑިއާއިން ފެންނަ ޚަބަރުތަކަށް ބިނާކޮށް މީހުންނަށް އެއްޗެހި ކިއުމަކީ ދީނުގައި އޮންނަ ގޮތްކަމާމެދު ސުވާލު އުފައްދާފައެވެ.

“ކޮންމެހެން މަށާ ބެހޭނެ ކަމެއް ނެތް.” ނިއުމާ ބުނެފައިވެއެވެ.

ނިއުމާ މިހެން ބުނެފައިވާއިރު ރާއްޖޭގެ ބައެއް މީޑިއާތަކުގައި އިއްޔެ އާއި މިއަދު ރިޕޯޓް ކޮށްފައިވަނީ ނިއުމާގެ ދިރިއުޅުން މިހާރު ބަދަލު ކޮށްފައިވަނީ ފ. ނިލަންދުއަށް ކަމަށާއި އެގޮތުން ނިއުމާގެ ދަރިފުޅުވެސް ފ. އަތޮޅު ތައުލީމީ މަރުކަޒަށް މިހާރު ވައްދާފައިވާ ކަމަށެވެ.

ނަމަވެސް މިކަން މީޑިއާގެ ސަމާލުކަމަށް އައުމުން ނިއުމާ ބުނީ އޭނާ ބަދަލުވީ މާލެއިން ހުޅުމާލެއަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން