ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު، ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާ ގުޅިގެން ސްޕޯޓްސް އެކެޑަމީއެއް ފަށަން ނިންމައިފި އެވެ.
އަލީ ރަމީޒް ވިދާޅުވީ "މަންފާ އެކެޑަމީ" ގެ ނަމުގައި ފަށާ އެ އެކެޑަމީ ރަޖިސްޓްރީކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
މިއީ އިސްލާމް ދީނުގައި ހުއްދަކުރާ ގިއުގަނޑުގެ ތެރެއިން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދާ އެކެޑަމީއެއް ކަމަށް އަލީ ރަމީޒް ވިދާޅުވި އެވެ.
އެ އެކަޑަމީ ހިންގުމައުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ވޮލީ ބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) "ރަސް" އަށް ވިދާޅުވީ އެ އެކެޑަމީން ތަމްރީން ކުރާނީ 16 އަހަރުން ދަށުގެ ސްކޫލު ކުދިން ކަމަށެވެ.
މުޅި ރާއްޖެއަށް އެ އެކެޑަމީ ފުޅާކުރަން ނިންމާފައިވާ އިރު އެކެޑަމީގެ ހަރަކާތްތައް ފަށާނީ އަތޮޅު ތެރެއިން ކަމަށް ވެސް ސާޖިދު ވިދާޅުވި އެވެ.
ސާޖިދު ވިދާޅުވީ އެ އެކެޑަމީން އަދި އިސްކަންދޭނީ ފުޓްބޯޅައާއި ފުޓްސެލް އަދި ވޮލީ ބޯޅައަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު