އެއްވެސް މީހަކު ވަޒީފާއިން ވަކިކުރަން ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މާއުނގޫދޫގެ މީހަކު އެމްޓީސީސީގެ ވަޒީފާއިން ވަކިކުރީ ސީދާ މަމްދޫހުގެ ނުފޫޒުން ކަމަށް އެ މީހާގެ އަނބިމިހާ ބުނާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލަ މީޑިއާގައި ދަނީ ދައުރުވަމުން ނެވެ.
ނަމަވެސް މަމްދޫހު ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
މަމްދޫހު އެކްސްގައި ވިދާޅުވީ އޭނާއަކީ އެއްވެސް، ހާލަތެއްގައި، އެއްވެސް އާއިލާއަކަށް އަދި ވަކި ފަރުދަކަށްވެސް، ދެރައެއް ދިނުމަށް ނުވަތަ އެފަދަ ކަމަކަށް ބާރު އަޅާނެ، ހިތްވަރުދޭނެ އަދި ކުރާނެ ފަރާތެއް ނޫން ކަމަށެވެ.
"އަދި އެފަދަ އެއްވެސް ކަމަކަށް މާއުނގޫދޫގެ އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް ދައްކާފައިނުވޭ! ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ވަޒީފާއިން ވަކި ފަރާތެއް ވަކިކޮށް ދުރުކޮށް ކޮންޓްރެކްޓް އުވާލުމަށް އަދި އެނޫންކަމެއް ކުރުމަށްވެސް، އެއްވެސް ނުފޫޒެއް އަޅުގަނޑު ނުފޯރުވަން. ނުވެސް ފޯރުވާނަން. އަދި އެފަދަ ކަމަކަށް އެއްވެސް ފަރާތަކަށް ހިތްވަރުވެސް ނުދޭނަން." މަމްދޫހު ވިދާޅުވި އެވެ.
ބައެއް ނޫސްތަކުން މަމްދޫހުގެ ބަސް އޮޅޭ ގޮތަށް ގެނަސްދީފައިވާ ކަމަށް ވިދާޅުވެ، މަމްދޫހު ވިދާޅުވީ ވަޒީފާއިން ވަކި ކުރި މައްސަލަ އެނގޭނީވެސް އަދި ބަލާނީ ވެސް އެމްޓީސީސީން ކަމަށް އޭނާ ވިދާޅުވެފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު