ނ. ޅޮހީގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިއަދު އެމްޓީސީސީއިން ބުނީ ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެރަށުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުމާއި 281 މީޓަރ ބްރޭކްވޯޓަރ ޖެހުމާއި 40 މީޓަރ ސަބްމާޖް ބްރޭކްވޯޓަރގެ އިތުރުން 95 މީޓަރ ރިވެޓްމެންޓް ޖެހުމާއި 50 މީޓަރ ގްރޮއިން ޖެހުން ހިމެނެ އެވެ.
އެމްޓީސީސީއިން ބުނީ މި މަޝްރޫއުގައި 366 މީޓަރ އެއްގަމު ތޮށި ޖެހުމާއި 366 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި 10 މޫރިންގ ބޮއި ހަރުކުރުމުގެ އިތުރުން، 121 އަކަ މީޓަރ ރޭންޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއަކާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި 19 މަގު ބައްތި ހަރުކުރުން އަދި 1720 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.
މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 68.7 މިލިއަން ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު