ސިނަމާލޭ ބްރިޖް ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:19 ހާއިރު ކަމަށެވެ. އެގޮތުން ބްރިޖް ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރާތީ، އެކަން އަންގައިދޭން ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލު ޖެހިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި އެކްސިޑެންޓުގައި މަރުވީ ބަންގްލާދޭޝް ފިރިހެނެއް ކަމަށާއި، އޭނާ މަރުވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 9:05 ގާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކުގެ މަސައްކަތްތައް ކުރާއިރު ކޯނު ބެހެއްޓުމަކީ އާންމު ކަމެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު