ދުވަސް ފަށައިގަތުމަށް އަވަހަށް ހޭލުން- ގޫގުލް އިމޭޖެސް
ދުވަސް ފަށައިގަތުމަށް އަވަހަށް ހޭލުން- ގޫގުލް އިމޭޖެސް
ދުވަސް ރަނގަޅު ގޮތުގައި ފެށުމަކީ ދުވަހުގެ ބާކީ އޮތް ބައި އުފާވެރިކަމާއެކު ހޭދަކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ދުވަސް ފަށައިގަންނައިރު ކުރާ ބައެއް ކަންކަމުގެ ސަބަބުން މުޅި ދުވަހު މީހާގެ މޫޑު ރަނގަޅުކޮށް، މީހާގެ ސަމާލުކަންވެސް އިތުރުކޮށްދެއެވެ.

މިފަހަރު މި ހިމަނާލަނީ ދުވަސް ރަނގަޅު ގޮތުގައި ފަށައިގަންނަން ބޭނުންވާނަމަ ހެނދުނު 10 ގެ ކުރިން ކުރަންވީ ބައެއް ކަންކަމެވެ.

އަވަހަށް ހޭލުން

ހެނދުނު އަވަހަށް ހޭލުމަކީ ތިބާގެ ދުވަސް ރަނގަޅު ގޮތުގައި ފެށުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މިކަމުން ތިބާއަށް ތިބާގެ ދުވަހުގެ މަސައްކަތްތައް ރާވައި އިންތިޒާމުކުރުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.

ފެންބުއިން

ނިދިން ހޭލުމާއެކު ފެންތަށްޓެއް ބުއިމަކީ ތިބާގެ ހަށިގަނޑު ހައިޑްރޭޓްކޮށް، މެޓަބޮލިޒަމް އަވަސްކޮށް، އަދި ތިބާގެ ސިކުނޑި ހަރަކާތްތެރިކުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ވަރުބަލިކަން ފިލުވުމަށް މޯޅިއަކަށް ދެމިލުން

ހޭލާފައި މޯޅިއަކަށް ދެމިލުމަކީ ތިބާގެ ހަށިގަނޑުގައި ލޭ ދައުރުވުން އިތުރުކޮށް، ވަރުބަލިކަން ފިލުވައިދޭ ކަމެކެވެ. އަދި މިއީ ތިބާގެ ހަށިގަނޑު ދުވަހުގެ މަސައްކަތްތަކަށް ތައްޔާރުކުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކަމެއް ކުރުން

ނިދާ ހޭލުމަށްފަހު އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކަމެއް ކުރުމަކީވެސް ތިބާގެ ދުވަސް ރަނގަޅު ކުރުމަށްޓަަކައި ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހޭލާގޮތަށް ދަތް އުނގުޅައި، މޫނު ދޮވެ ރަނގަަޅަށް ފެންވަރާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ތިބާގެ ހަށިގަނޑު ތާޒާވެ، އޭގެ ސަބަބުން ތިބާއަށް އުފާވެރިކަން އިހުސާސް ކުރެވޭނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން