އެމީހެއްގެ އަމިއްލަ ނަފްސުގެ އެންމެ ބޮޑު ދުޝްމަނަކީ ހުދު އެމީހެކޭ ބުނާ އަޑު ވަރަށް އަހަމެވެ. މިއީ ވަރަށް ބޮޑު ހަގީގަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ އެންމެ ބޮޑު ދުޝްމަނުންނަށް ވެދާނެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސުމަތިން ފޫހިވެ، އެހެންމީހުންނާ އަޅާކިޔޭވަރު ގިނަވެ، އޭގެ ސަބަބުން އަމިއްލަ ކާމިޔާބީތަކާއި އުފާތައް ގެއްލޭ ފަހަރުވެސް އާދެއެވެ.
ކަން މިހެން އޮތްނަމަވެސް، މިއީ ހަމަ އަޅުގަނޑުމެންނަށް އަމިއްލައަށް ބަދަލު ކުރެވޭނެ ކަންކަމެވެ. ތިރީގައި މި ހިމަނާލަނީ އަމިއްލަ ނަފްސުގެ އެންމެ ބޮޑު ދުޝްމަނަށް ވުން ހުއްޓުވޭނެ ބައެއް ގޮތްތަކެވެ.
އަމިއްލަ ނަފްސާމެދު ހޭލުންތެރިކަަން އިތުރުކުރުން
ތިބާގެ ވިސްނުމާއި އިހްސާސްތަކަށް ސަމާލުކަން ދިނުމަކީ ތިބާގެ އަމިއްލަ ނަފްސާމެދު ހޭލުންތެރިވުން އިތުރުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. އަމިއްލަ ނަފްސުގެ ދުޝްމަނަކަށް ވުން ހުއްޓާލަން ބޭނުންވާނަމަ ތިބާގެ އަމިއްލަ ނަފްސާމެދު ދެކޭގޮތް ދެނެގަނެ، ތިބާގެ ޢަމަލުތަކުގެ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަމިއްލަ ނަފްސާމެދު ދެކޭގޮތް ބަދަލު ކުރުން
އަމިއްލަ ނަފްސުގެ ދުޝްމަނަކަށް ވުން ހުއްޓާލަން ބޭނުންވާނަމަ ތިބާ އަމިއްލަ ނަފްސާމެދު ދެކޭގޮތް ބަދަލު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ނެގެޓިވް ވިސްނުންތައް ދެނެގަނެ، އެ ވިސްނުންތައް ޕޮޒިޓިވް ވިސްނުންތަކަށް ބަދަލުކުރާށެވެ. އަދި ތިބާގެ ކާމިޔާބީތަކާއި ގާބިލުކަން ފާހަގަކުރާށެވެ.
އަމިއްލަ ނަފްސާމެދު ހެޔޮކޮށް ހިތުން
އަމިއްލަ ނަފްސާމެދު ހެޔޮކޮށް ހިތުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ތިބާގެ އަމިއްލަ ނަފްސަށް އޯގާތެރިވެ، ކުރެވޭ ކުށްތަކާއި ގޯސްތަކުން އިބްރަތް ހާސިލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށް މާފުކޮށް، ކުރިއަށް ދިއުމަށް ފުރުޞަތު ދިނުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު