ބެލްޖިއަމްގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރ
ބެލްޖިއަމްގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރ
ކިންގްޑަމް އޮފް ބެލްޖިއަމްގެ އައު ބޮޑު ވަޒީރު ހިޒް އެކްސެލަންސީ ބާރޓް ޑެ ވޭވަރ އަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބޮޑު ވަޒީރު ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމާ ގުޅިގެން ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވިދާޅުވީ ބޮޑުވަޒީރަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގަންނަ ކަމަށެވެ. އަދި ބެލްޖިއަމްގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަޤީންކަން އެބަ އޮތް ކަމުގައިވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސުގެ ސިޓީފުޅުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

އެގޮތުން ދިވެހިރާއްޖެއާއި ބެލްޖިއަމާ ދެމެދުގައި އޮތް ބައި ޤަރުނެއްހާ ދުވަސްވީ އެކުވެރި ގުޅުމަކީ ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި، ހެޔޮ އެދުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ރައީސް ވަނީ ސިފަ ކުރައްވާފައެވެ.

އަދި ދެޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދޭދޭ މަސްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ބެލްޖިއަމްގެ އައު ބޮޑުވަޒީރަށް ރައީސް ދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން