އައްޑޫ ސިޓީގެ ހިިތުދޫއާއި ހުޅުމީދޫއާ ދެމެދު އަޅަން މި ސަރުކާރުން ނިންމާފައިވާ ބުރިޖު ޑިޒައިން ކުރާނެ ފަރާތެއް ހޯދަން މި މަހު އިއުލާންކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. ،މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން މިދިޔަ އަހަރު ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމެނި އިރު މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި މިސްރުގެ އަރަބް ކޮންޓްރެކްޓާސްއާއެކު އައްޑޫ ބްރިޖް ތަރައްގީ ކުރުމުގެ އެއްބަސްވުމުއްގައި ސޮއިވެސް ކުރިއެވެ.
ނަމަވެސް ބުރިޖުގެ މަސައްކަތްތަކަަށް ފައިނޭންސް ހޯދުމުގެ ކަންކަމާ ހެދި އެ މަަސައްކަތް އޮތީ މަޑުޖެހިފަ އެވެ.
ރައްޔިތުންގައި މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިންގ ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު