ރައީސް ޑރ، މުހައްމަދު މުއިއްޒުއާއި، މުހައްމަދު ނާޒިމް- ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް ޑރ، މުހައްމަދު މުއިއްޒުއާއި، މުހައްމަދު ނާޒިމް- ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ ތަފްސީލީ ބަޔާނެއް ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވާ ކަންތައްތައް ހާސިލް ކުރުމަށް ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، އެކަންކަމުގައި ވަރަށް ފުރިހަމަކަމާއެކު ކުލަ ޖެހިގެންދާނެ ކަމަށެވެ.

އަދި މިއަހަރަކީ އިންގިލާބީ އަހަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.



ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، ރަނގަޅުކުރަން ކުރަންޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނާ އެ ބަޔާން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މަޖިލީހަށް އިއްވަވައި ދެއްވާފައެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްޤީއަށް ކުރަން ނިންމަވާފައިވާ އެތައް ކަމެއް ފާހަގަ ކުރައްވާފައެވެ. އަދި ކުރިއަށް ހުރި މަޝްރޫއުތަކަށްވެސް މި ބަޔާނުގައި ތަފްސީލުކޮށް އަލި އަޅުއްވާކައްފައި ވެއެވެ. މީގެ އިތުރުން ގައުމުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ކުރަން ނިންމަވާފައިވާ ކަންތައްތަކަށްވެސް ރައީސް އަލިއަޅުއްވާލައްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން