ކްރޫޒް ލައިނާއިން ފޭބި ފަތުރުވެރިން އައްޑޫއަށް ފައިބަނީ
ކްރޫޒް ލައިނާއިން ފޭބި ފަތުރުވެރިން އައްޑޫއަށް ފައިބަނީ
100 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ކްރޫޒް ލައިނާއެއް އައްޑޫ ސިޓީގައި ބަނދަރުކޮށްފި އެވެ.

އައްޑޫގައި ބަނދަރުކުރީ "ނިއު ކެލެޑޯނިއާ" ނަމަކަށް ކިޔާ ކްރޫސް ލައިނާއެކެވެ.

އެ ބޯޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް އައްޑޫގެ މަރަދޫ ބަނދަރުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އެ ފަތުުރުވެރިން ވަނީ އައްޑޫގެ ނޭޗާ ޕާކަށް ވެސް ޒިޔާރަތް ކޮށްފަ އެވެ.

ރީތި ކުޅިތަކުން މުއްސަނދިވެފައިވާ އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމުގެ ވާހަކަތަކެއް ކުރީގެ ސަރުކާރު ތަކުގައި ދެއްކި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

އައްޑޫގައި މިހާރު ހިންގަމުންދަނީ ސައުތު ޕާމް ރިސޯޓް އެކަންޏެވެ.

އަދި ކުރިން ހިންގަމުން އައި ހެތެތެރެއާއި ޝަންގްރިއްލާ ރިސޯޓް ބަންދުކޮށްފައި އޮންނަތާ އަަހަރުތަކެއްވެފައިވާ އިރު ދެ ރިސޯޓް ހުޅުވުން ލަސްވާތީ ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން