ހަޔާތުގެ ބައިވެރިޔާ އިހުތިޔާރުކޮށް، ކައިވެންޏެއް ފަށާއިރު ކޮންމެ މީހަކުވެސް އެކަން ފަށަނީ އުފާވެރި ބާއްޖަވެރި ހަޔާތެއް އެކުގައި ވޭތު ކުރުމަށްޓަކައެވެ. ނަމަވެސް އަބަދު އެ ގުޅުން ދެމި އޮންނާނީ އެއީ ދުޅަހެޔޮ ގުޅުމަކަށް ވުމުންނެވެ. އެހެން ނޫންނަމަ ދެމެފިރިންގެ ދެމެދުގައި މައްސަލަތައް ގިނަވެ، ވަކިވާން ޖެހޭ ފަހަރުވެސް އާދެއެވެ.
ތިރީގައި މި ހިމަނާލަނީ ދުޅަހެޔޮ ގުޅުމެއްގައި ހުންނަން ޖެހޭ ބައެއް ސިފަތަކެވެ.
އެކަކު އަނެކަކަށް އިހްތިރާމް ކުރުން
ދުޅަހެޔޮ ގުޅުމެއް ބިނާ ކުރުމަށްޓަކައި އެކަކު އަނެކަކަށް އިހްތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެކަކު އަނެކެެއްގެ ބަހަށާއި، ޝުއޫރުތަކަށާއި، ބޭނުންތަކަށް އިހްތިރާމް ކުރުމަކީ މުހިންމު ކަމެކެވެ. މިހެން ނުވާނަމަ ދެމެފިރިންގެ ދެމެދުގައިވާ ގުޅުން ހީނަރުވެއެވެ.
އިތުބާރު ކުރުން
ދުޅަހެޔޮ ގުޅުމެއް ބިނާ ކުރަން ބޭނުންވާނަމަ ބައިވެރިޔާއަށް އިތުބާރު ކުރުމަކީވެސް ވަރަށްް މުހިންމު ކަމެކެވެ. އެގޮތުން އެކަކު އަނެކަކަށް އިތުބާރުކޮށް، ތެދުވެރިވެ ވަފާތެރިވާނަމަ ދެމީހުންގެ ގުޅުން އިތުރަށް ބަދަހި ވާނެއެވެ.
ރަނގަަޅަށް މުއާމަލާތު ކުރުން
ބައިވެރިޔާއާ ދެމެދު އޮންނަ ގުޅުމަކީ ދުޅަހެޔޮ ގުޅުމަކަށް ހަދަން ބޭނުންވާނަމަ ރަނގަޅަށް މުއާމަލާތު ކުރުމަކީވެސް މުހިންމު ކަމެކެވެ. އެގޮތުން އެކަކަކު އަނެކަކާ ވާހަކަ ދައްކައި، އަޑުއަހައި، ޝުއޫރުތައް ހިއްސާ ކުރާނަމަ އޭގެ ސަބަބުން ހިޔާލުތަފާތުވުންތައް ފަސޭހަކަމާއެކު ހައްލު ކުރެވެއެެވެ.
މަސްދަރު: ހެލްތުލައިން

ކިޔުންތެރިންގެ ހިޔާލު