މީގެ ކުރިން ރޯދަ މަހު ބޭއްވި އިހުޔާ ފޯރަމްގައި އިސްލާމިކް މިނިސްޓަރު--
މީގެ ކުރިން ރޯދަ މަހު ބޭއްވި އިހުޔާ ފޯރަމްގައި އިސްލާމިކް މިނިސްޓަރު--
ރޯދަ މަހާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރޯދަ މަހާ ދިމާކޮށް ދެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެެވެ. އޭގެ ތެޜޭގައި މައިންޑްފުލް ރަމަޟާން ނަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕަކާއި، މަރުޙަބާ ރަމަޟާންގެ ނަމުގައި ބާއްވާ ބޮޑު ދަރުހެއް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އޭގެ ތެރެއިން ދަރުސް ކުރިއަށް ގެންދާނީ އާޓިފިޝަލް ބީޗުގައި ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.

އޭގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި މާލޭގައި އަށް އިހުޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އަދި އޭގެ ތެރެއިން ހަތް ފޯރަމް ކުރިއަށް ގެންދާނީ އަތޮޅު ތެރޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ އިހުޔާ ފޯރަމް ކުރިއަށް ގެންދާނެ ރަށްތައް ކަނޑައަޅާފައިވަނީ ކައުންސިލްތަކުން އެކަމަށް އެދި ހުށައެޅި ޕްރޮޕޯސަލް ވިލަރެސް ކުރުމަށްފަހުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެން ކަމަށެވެ.

އޭގެ އިތުރުން ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހު މާލޭގައި އައުޓްރީޗް ޕްރޮގުރާމު ހިންގުމަށް ނިންމާފައިވާ އިރު އެ ޕްރޮގުރާމުގައި ކުޑަކުދިން ޝައުޤުވެރިވާނެ ކުޅިވަރު ހަރަކާތްތަކާއި، ދީނީ ކައުންސެލިންގ ދިނުމާއި މުސްޙަފް އަދި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން