ދުވަސް ރާވަނީ- ގޫގުލް އިމޭޖެސް
ދުވަސް ރާވަނީ- ގޫގުލް އިމޭޖެސް
އާންމު ދިރިއުޅުމުގައި މީހާ މާ ބޮޑަށް ބިޒީވެ، އޭގެ ސަބަބުން ކުރަންޖެހޭ އެތައް ކަމެއް ނުކުރެވި ހުންނަ ފަހަރުވެސް އާދެއެވެ. އަދި މިކަމުގެ ސަބަބުން ދިރިއުޅުމާއިގެން ކުރިއަށް ދިއުމަކީ އުނދަގޫ ކަމެއް ހެން ހީވާ ފަހަރުވެސް އާދެއެވެ. އަދި އޭގެ ސަބަބުން މީހާ މާ ބޮޑަށް ވަރުބަލިވެ، ދިރިއުޅުން މަތިން ފޫހިވާ ފަހަަރުވެސް އާދެއެވެ. މިފަހަރު މި ހިމަނާލަނީ މިކަމުން ދުރުވެ އާންމު ދިރިއުޅުން ފަސޭހަ ކުރުމަށް ކުރަންވީ ބައެއް ކަންތައްތަކެވެ.

ދުވަސް ރޭވުން

ދުވަސް ފަސޭހަކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިބާގެ ދުވަހުގެ މަސައްކަތްތައް ރޭވުމެވެ. އެގޮތުން ދުވަހުގެ ތާވަލެއް ހެދުމުން ކަންކަން އެންމެ ފަސޭހައިން ކުރެވޭނެ ވަގުތެއް އަންދާޒާ ކުރެވޭނެއެވެ. އަދި މުހިންމު ކަންތައްތައް އަވަހަށް ނިންމައި ދެންހުރި ކަންތައްތަކަށްވެސް ވަގުތު ހުސްކުރަން އެނގޭނެއެވެ.

އިސްކަންދޭ ކަންތައް ދެނެގަތުން



ދުވަހުގައި އެންމެ ބޮޑަށް އިސްކަަންދޭން ޖެހޭ ކަންތައް ދެނެގަތުމަކީވެސް ދުވަސް ފަސޭހަ ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެކެވެ. މިހެން ހެދުމުން މުހިންމު ކަންތައް ކުރަން އިސްކަންދެވި، ވަގުތު ރަނގަަޅަށް މެނޭޖު ކުރެވޭނެއެވެ. އަދި ވަރުބަލިވާ ވަރު ކުޑަވާނެއެވެ.

ފޯނު ބޭނުން ކުރާވަރު މަދުކުރުން



އާންމު ދިރިއުޅުން ފަސޭހަކުރަން ބޭނުންވާނަމަ ފޯނު ބޭނުން ކުރާ ވަރު މަދުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ފޯނު ބޭނުންކުރުން މަދުކުރުމުން، ތިބާއަށް ތިބާގެ މަސައްކަތްތަކަށް އިތުރަށް ސަމާލުކަންދެވޭނެއެވެ. އަދި އޭގެ ސަބަބުން މަސައްކަތްތައް އަވަހަށް ނިންމޭނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން