މުސްލިމުންނާ ދެކޮޅަށް ޖަރުމަނުގައި ހިންގާ ޖަރީމާތައް ނިމިދިޔަ 2024 ވަނަ އަހަރު އިތުރު ކަމަށް ޕާލަމެންޓް ބުންޑެސްޓާގުގެ ރިޕޯޓުން ހާމަވެއްޖެއެވެ.
މިދިޔަ އަހަރު ޖަރުމަނުގައި މުސްލިމުންނާ ދެކޮޅަށް ޖުމްލަ 1،554 ޖިނާއީ އަމަލު ރެކޯޑްކޮށްފައިވާ ކަމަށް ސޯޝަލިސްޓު ލެފްޓް ޕާޓީން ސަރުކާރާ ކުރިމަތި ކުރުވި ސުއާލަކަށް ޖަވާބުދެއްވަމުން ސަރުކާރުން ވަނީ ބުނެފަ އެވެ.
ޖަރުމަނުގައި މުސްލިމުންނާ ދެކޮޅަށް ޖިނާއީ އަމަލުތައް ހިންގާ އަދަދު 2022 ވަނަ އަހަރު 572 އަދި 2023 ވަނަ އަހަރު 1،536 އަށް ވަނީ އަރާފަ އެވެ. އޭގެ އިތުރުން ރިޕޯޓުކޮށްފައި ނުވާ އަދި ރަޖިސްޓްރީކޮށްފައި ނުވާ ’އިސްލާމޯފޯބިއާ‘ ގެ ކުށްތަކުގެ އަދަދު އިތުރު ވާނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ.
މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް މޮނިޓަރކުރާ ސަރުކާރު ނޫން ޖަމިއްޔާތަކުގެ ނެޓްވޯކެއް ކަމަށްވާ ކްލޭމް އިން ބުނާ ގޮތުގައި، 2023 ވަނަ އަހަރު ޖަރުމަނުގައި މުސްލިމުންނާ ދެކޮޅު 1،926 ހާދިސާ ރަޖިސްޓްރީކޮށް ފައިވެ އެވެ.
ކްލޭމް އިން ބުނެފައިވާ ގޮތުގައި މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅިނަމަވެސް ބައެއް ހާދިސާތައް ބަލަން ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު