ލުބުނާނުގެ އައު ބޮޑުވަޒީރު ހިޒް އެކްސެލަންސީ ނަވާފް ސަލާމް- ގޫގުލް އިމޭޖެސް
ލުބުނާނުގެ އައު ބޮޑުވަޒީރު ހިޒް އެކްސެލަންސީ ނަވާފް ސަލާމް- ގޫގުލް އިމޭޖެސް
ލުބްނާނުގެ އައު ބޮޑުވަޒީރު، އަދި ކައުންސިލް އޮފް މިނިސްޓަރސްގެ ރައީސް، ހިޒް އެކްސެލަންސީ ނަވާފް ސަލާމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ލުބްނާނުގެ އައު ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ލުބުނާނަށް ކުރިއެރުން ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

އަދި އިސްލާމީ އަސްލުތަކާއި ދެގައުމުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ދެގައުމުގެ ގާތް އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެއެވެ.

މީގެ އިތުރުން ބޮޑުވަޒީރުގެ ހިންގުންތެރިކަމާއި ޙިކުމަތްތެރިކަމުގެ ދަށުން، އެ މަނިކުފާނުގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި ލުބުނާނުގެ ރައްޔިތުންނަށް ސުލްޙައާއި ފާގަތިކަން ހޯއްދަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން