ހުޅުމާލޭގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތެއް —
ހުޅުމާލޭގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތެއް —
އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތައް ނިމޭނެކަމަށް ލަފާކުރާ ތާރީހުތަކާއި އެ މިސްކިތްތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް އާންމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރިގޮތުގައި، ފެޑޯ ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާއިރު، މިސްކިތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަސްތެރޭގައެވެ. މީގެ އިތުރުން ބެޗް ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތްވެސް 2026 ވަނަ އަހަރުގެ މާރިޗު މަސްތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމުގެ މަސައްކަތެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ ކޮންކްރީޓް އާރޗްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މިސްކިތުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިމޭނެކަމަށް ލަފާކޮށްފައިވާއިރު ސަންފްރޮންޓުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ މާރިޗު 2026 ގައެވެ.

ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތެވެ. މި މިސްކިތުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިނިސްޓްރީން ބުނީ ހުޅުމާލެއާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް، މިސްކިތްތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި މިނިސްޓްރީ ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން