މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
އާންމު ފަރާތަކުން މީގެ ދުވަސްތަކެއް ކުރިން ވަނީ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ މުސާރައާއި އެ ނޫންވެސް ބައެއް މައުލޫމާތު ހޯދަން އެދިފައެވެ. އަދި އެ މައްސަލާގައި ރައީސް އޮފީހުން އެ މައުލޫމާތު ފޯރުކޮށް ނުދޭން އޭރު ނިންމުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތަކީ ޒާތީ މައުލޫމާތަށް ނުވާނެކަމަށް ބުނެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް އަންގާފައެވެ.
ނަމަވެސް އެމައުލޫމާތު ފޯރުކޮށްނުދީ އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް މިރޭ އެކްސްގައި ވިދާޅުވީ، މިމައްސަލާގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 3 ފެބްރުއަރީގައި ވާނީ ހައިކޯޓަށް ހުށަހަޅާފައި ކަމަށެވެ.
އަދި އެ މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭން ނިންމަވާފައިވާކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.
މިފަދަ އެހެން މައްސަލައެއް ވެސް އޭޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެއީ ސިޔާސީ މަގާމުތަކުގައި ތިބި 248 މުވައްޒަފެއް މަގާމުން ވަކިކުރިކަމަށް ސަރުކާރުން ބުނުމާއި ގުޅިގެން އެ މުވައްޒަފުންގެ މައުލޫމާތު ހޯދަން އާންމު ފަރާތަކުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ކޯޓުން ނަގަން ނިންމިކަމެއް އަދި މިހާތަނަށް އޭޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު