ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫސިޓީން އަނެއްކާވެސް ކަރަންޓު ކަޑަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުވެސް އައްޑޫއިން ކަރަންޓު ކަނޑަމުންދަނީ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެގެން އެކަން ހައްލުކުރުމަށެވެ.

މިހާރުވެސް އައްޑޫގެ ބައެއް ހިސާބުތަކުގައި ކަރަންޓު ނެތް އިރު މިރެއިން ފެށިގެން އައްޑޫގެ ގުޅިފައިވާ ރައްތަކުގެ އެކި ހިސާބުތަކުން ވަކި ވަގުތަކަށް ދަނީ ކަރަންޓު ކަނޑަމުންނެވެ.

އައްޑޫއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ކޮމިއުނިޓީ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން މިރޭ ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.

މިރޭ 8:10 އިން ފެށިގެން އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާކަން ފާހަގަ ކުރެވެއެވެ. މިރޭ އަނެއްކާ ކަރަންޓު ކަނޑަން ފަށާފައިވާއިރު އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެފައިވާކަން ފާހަގަ ކުރެވެ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެއްވެސް ސަރުކާރަކުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އައްޑޫ ރައްޔިތުން މީސް މީޑިއާގައި އަބަދުވެސް ނުރުހުން ފާޅުކުރެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން