ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް ނެރެފިއެވެ.
ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ މި ފޮތް ރަސްމީކޮށް އިފްތިތާޙްކުރީ އެ ކަމަށްޓަކައި ވިލާ ކޮލެޖުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ފޮތް ނެރެދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމެވެ.
މި ހަފުލާގައި ބަޔޮގްރަފީގެ އޯޑިއޯއާއި ވެބްސައިޓް ވެސް ވަނީ އިފުތިތާހުކޮށްފައެވެ.
ފޮޓޯ ސަފުހާތަކާއެކު، 800 އަށްވުރެ ގިނަ ސަފުހާ ހިމެނޭ މި ފޮތް ޗާޕު ކޮށްފައިވަނީ ހާޑް ކަވަރުގައެވެ. އަދި ފޮތުގައި ގާސިމްގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް މައިގަނޑު ހުރިހާ ކަންކަން ވަނީ ތަފްސީލްކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން ޤާސިމް ހޯއްދެވި ކާމިޔާބީތަކާއި ނާކާމިޔާބީތަކާއި ދަރުމަވެރި ޚިދުމަތްތަކާއި ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތައް އެފޮތުގައި ހިމެނެއެވެ. އަދި އެމަނިކުފާނުގެ އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އެމަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަންތައްތައް ތަފުސީލީ ގޮތެއްގައި އެފޮތުގައި ވަނީ ހިމަނާފައެވެ.
މިހަފުލާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކުގެ އިތުރުން، ދައުލަތުގެ ބައެއް ވަޒީރުންނާއި އެކި ދާއިރާތަކުގެ އިސް ބޭބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޤާސިމް އިބްރާހިމަކީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަސައްކަތުގެ ތެރެއިން އެތައް ފަހަރަކު ޤާސިމް ޖަލަށް ވެސް ލެވުނެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވާފަައިވާ ޤާސިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެެވެ. ޤާސިމަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ޤާސިމަކީ ދިވެހި ގިނަ ރައްޔިތުން ތަކަކަށް މަތީ ތަޢުލީމުގެ ފުރުސަތު ހޯއްދަވައި ދެއްވައި ދިވެހި ރައްޔިތުންގެ ބޭސްފަރުވާއަށް ބޮޑެތި ހޭދަތައް ކުރައްވައި ޤައުމީ އެކި ކަންކަމުގައި ބޮޑެތި އެހީތައް ފޯރުކޮށްދެއްވާފައިވާ، އަދި މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު