އަވައްޓެރި އިންޑިއާއާ އެކު ވަރަށް އަވަހަށް ފްރީ ޓްރޭޓް އެގްރީމަންޓް (އެފްޓީއޭ) އަކަށް ދެވޭނެ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައިވެސް މިކަމުގެ މަޝްވަރާތަކެއް ދިވެހި ސަރުކާރުން އިންޑިއާއެކު ކޮށްފައިވެ އެވެ.
އެމްއެމް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ލީޑަރުން ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.
ވަޒީރު ވިދާޅުވީ، އެފްޓީއޭގެ ކަންތައްތައް ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ އެކީ ކުރުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށާއި އެކަން ކުރާއިރު އޭގެ އެންމެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބޭ ގޮތަށް އެކަން ކުރައްވާނެ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތަކެއް ދެ ގައުމުގެ މެދުގައި ހިނގަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ އެފްޓީއޭ ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލީ ޗައިނާއާ އެކީގަ އެވެ. އެއަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލު ވެސް ކުރަމުންނެވެ.
މި ސަރުކާރުން ވަނީ ތުރުކީއާ އެކު ވެސް އެފްޓީއެއްގައި ސޮއި ކުރަން ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު