ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ބޭނުން ކުރާ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްށްދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިކަމުގައި އިންޑިއާގެ ސަރުކާރުގެ އެހީއަށް އެދިވަޑައިގެންފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ދައުވަތަކަށް އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ގައުމުގެ މަޖިލީހުގެ ޖަލްސާ ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދަށް މަރުހަބާ ވިދާޅުވީ އިންޑިއާގެ ރައްޔިތުން މަޖިލީހުގެ ރައީސް އޯމް ބިރްލާއެވެ.
އިންޑިއާގެ މަޖިލިސް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުން ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރަމުންދާކަމާއި، ޑިޖިޓަލައިޒޭޝަން އަދި އޭއައި ބޭނުންކުރާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މަޖިލީސް އިދާރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އިންޑިއާގެ މަޖިލީހުގެ ރައީސް އޯމް ބިރްލާ ވިދާޅުވީ މިކަމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވެވެން އޮތް ހުރިގާ އެހީތެރިކަމެއް ފޯރުކޮށް ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އޮފިސަރުން ތަމްރީނުކުރުމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އޯމް ބްރިލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު