ކުރިޔަށް އޮތް ދިރާސީ އައު އަހަރަށް ސްކޫލު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 06 މާރިޗް 2025 ގެ ނިޔަލަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެކަށީގެންވާ ވަގުތު އޮއްވާ ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް މިނިސްޓްރީން ދުރާލާ ކުރަމުން ގެންދާ ކަމަށެވެ.
ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުވުމަށް އެދޭނަމަ، "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް އެދޭ ފޯމު" ބެލެނިވެރިޔާ ހުށަހަޅަންޖެހޭނީ މިހާރު ދަރިވަރު ތަޢުލީމު ޙާޞިލުކުރަމުން އަންނަ ސްކޫލަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު ކަމަށްވާތީ، ރަމަޟާން މަހުގެ 15 ވަނަ (15 މާރިޗު 2025) ދުވަހުގެ ކުރިން ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުން ހުރި ހުރިހާ މަސައްކަތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ބުނީ މި ދުވަސްވަރަކީ ދަރިވަރުންގެ އިމްތިޙާނާއި އެސެސްމެންޓްތައް އަދި ދަރިވަރުންގެ ރިޕޯޓް ފޯމު ތައްޔާރުކުރާ ދުވަސްވަރަށްވުމުން، މި ހިނގާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި ދަރިވަރުން އެއްރަށެއްގެ ސްކޫލުން އަނެއް ރަށުގެ ސްކޫލަށް ބަދަލުވުމުގެ ކަންތައްތައް ކުރިއަށް ނުގެންދާނެކަން ސްކޫލުތަކަށް އަންގާފައިވާ ކަމަށެވެ.
2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް އެއްރަށުން އަނެއްރަށަށް ބަދަލުވާ ދަރިވަރުން ސްކޫލު ބަދަލުކުރުމަށް އެދުމުގެ ސުންގަޑި އަކީ 06 މާރިޗް 2025 ގެ މެނދުރު 14:00 އެވެ.

ކިޔުންތެރިންގެ ހިޔާލު