އަދުލުއިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ދެމިތިބެން ޖެހޭ ކަަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.
ގަޟާއީ އަހަރު ފެށުން ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އަދުލުއިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިބެން ޖެހޭ ކަމަށެވެ. އަދި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުއަސާސީ އާއި ގާނޫނުތައް އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފަނޑިޔާރުން ސަމާލުކަން ދޭން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންސާފުވެރިކޮށް ކަންކަން ނިންމުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ފަނޑިޔާރުން އެ ނިންމުންތައް ނިންމަވަނީ އެއްވެސް ބިރެއް ނެތި، ކުޑަވެސް ފަސްޖެހުމެއް ނެތި ކަމަށެވެ. އަދި ފަނޑިޔާރުންގެ މައްޗަށް އެކަން ކުރަން ލާޒިމުކުރެވިފައިވާ ގޮތުގެ މަތިން އެ ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމުގައިވީ ނަމަވެސް، ނުވަތަ މަގުބޫލު ނޫން ނިންމުންތަކެއް ކަމުގައިވީ ނަމަވެސް، އެއްވެސް ވަރަކަށް އެކަން ކުރުމުގައި ފަސްޖެހިވަޑައިގަތުމެއް ނެތި އެކަން ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"ތައައްސަބުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި، ހަސްމުންގެ ވާހަކަތައް އަޑުއައްސަވައި، އިންސާފުވެރިކޮށް ކަންކަން ނިންމެވުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަކަމެއް ނޫން. މިކަން ކުރެވޭނީ އިންތިހާއަށް ހިކުމަތްތެރިވެގެން، ފަރުވާތެރިވެގެން، ކަމަށް ކަމޭހިތައިގެން އަދި ކެތްތެރިވެގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ދާއިރާ ހަރުދަނާ ކުރަން ގިނަ ގޮންޖެހުންތައް އެބަހުރި ކަން ފާހަގަކުރަށްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގޮންޖެހުންތައް ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ޝަރުއީ ދާއިރާ ހަރުދަނާ ކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ވާނީ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުން އަދި މިނިވަން މުއައްސަސާތަކާއި އިދާރާތައް އަދި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކުގައި ގާނޫނީ ވެރިކަން ދަމަހައްޓަން މަސައްކަތްކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު