އެހެން މީހަކާ ސިއްރު ވާހަކައެއް ހިއްސާ ކުރަނީ- ގޫގުލް އިމޭޖެސް
އެހެން މީހަކާ ސިއްރު ވާހަކައެއް ހިއްސާ ކުރަނީ- ގޫގުލް އިމޭޖެސް
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް އެހެން މީހުންނާ ހިއްސާ ކުރާއިރު ތަފާތު އެކި ގޮތްގޮތުން އެކަންކަމާމެދު ވިސްނާލަން ޖެހެއެވެ. ބައެއް ފަހަރު މިހެން ހިއްސާ ކުރެވޭ މައުލޫމާތުތައް ބޭނުން ކޮށްގެން އަަޅުގަނޑުމެންނަށް އޮޅުވާލައި ތަފާތު އެކިކަހަލަ ޖަރީމާތައް ހިންގާ މީހުންވެސް އުޅެއެވެ. ވީމާ ތިރީގައި މި ހިމަނާލާ ކަންތައް އެހެން މީހުންނާ ހިއްސާ ކުރުމުގެ ކުރިން ފުންކޮށް ވިސްނާލުމަކީ މުހިންމު ކަމެކެވެ.

އާމްދަނީ

ކޮންމެ މީހެއްގެ އާމްދަނީ އަކީވެސް އެމީހަކަށް ވަރަށް އަމިއްލަވަންތަ މައުލޫމާތެކެވެ. މިކަން މީހުންނާ ހިއްސާ ކުރާނަމަ އެހެން މީހުން ތިބާއާމެދު ދެކޭގޮތް ބަދަލުވެދާނެއެވެ. އަދި އެހެން މީހުން ތިބާއަށް އިހްތިރާމްކުރާ މިންވަރު ބަދަލުވެދާނެއެވެ. އަދި އެކަމާމެދު ބައެއް މީހުން ހަސަދަވެރިވެ، ތިބާ ނޭދޭ ގޮތަކަށް އެ މައުލޫމާތު ބޭނުންވެސް ކޮށްފާނެއެވެ.

ޕާސްވޯޑުތައް

ކޮންމެ މީހެއްގެވެސް ތަފާތު އެކި އެޕްތަކުގައި ބޭނުން ކުރާ ޕާސްވޯޑުތަކަކީ ވަރަށް މުހިންމު އަދި ސިއްރު މައުލޫމާތުތަކެކެވެ. މި މައުލޫމާތުތައް އެހެން އެއްވެސް މީހަކާ ހިއްސާ ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. މިގޮތަށް ޕާސްވޯޑު ހިއްސާ ކުރާނަމަ ތިބާގެ އެކައުންޓްތަކަށް ނޭދެވޭ ބަޔަކު ވަދެ، ތިބާގެ އަމިއްލަ މަޢުލޫމާތު ހޯދައި، ތިބާއަށް ގެއްލުން ދީފާނެއެވެ.

ކުރިމަގުގެ ޕްލޭންތައް

ތިބާގެ ކުރިމަގަށްޓަކައި ރާވާ ކަންތައްތައް އެހެން މީހުންނާ ހިއްސާ ކުރުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. މިއީ ވަރަށް މުހިންމު އަދި އަމިއްލަ މައުލޫމާތު ތަކެކެވެ. މިކަންތައް އެހެން މީހުންނާ ހިއްސާ ކުރުމުން ޕްލޭންތަކަށް ފާޑުކިޔައި، ތިބާގެ ހިތްވަރު ދަށްކޮށްލަފާނެއެވެ. ނުވަތަ ތިބާގެ ހިޔާލުތައް އަމިއްލައަށް ބޭނުން ކޮށްފާނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން